ޚަބަރު

ބަރަހަނާ މަންޒަރު ދައްކުވައިދޭ ވެބްސައިޓްތައް ބްލޮކް ކުރަނީ


އިންޓަރނެޓް މެދުވެރިކޮށް ބަރަހަނާ މަންޒަރު ދައްކުވައިދޭ އެކިއެކި ވެބްސައިޓްތަކަށް ނުވަދެވޭނެ ގޮތް ހެދުމަށް ޕްރޮސެކިއުޓަރ ޖެނަރަލް  ހޯމް މިނިސްޓަރަށް އަންގަވައިފިއެވެ.ޕީޖީ މުހްތާޒް މުހުސިން، ހޯމް މިނިސްޓަރު އުމަރު ނަސީރަށް އެޑްރެސްކުރައްވާ މިއަދު ފޮނުއްވި ސިޓީ އެއްގައި ވިދާޅުވެފައިވަނީ ބަރަހަނާ މަންޒަރު ދައްކުވައިދޭ ވަސީލަތްތަކުގެ ސަބަބުން ތަފާތު އެކި އެކި ކުށްތަކަށް މަގުފަހިވާކަމަށެވެ.އަދި މިފަދަ އަމަލުތަކަކީ އިސްލާމީ އުސޫލްތަކާއި  މުޅިން ޚިލާފް ކަންތައް ކަމަށްވެފައި މުޖްތަމައުގެ އަޚްލާގް ދެމެހެއްޓިގެންދަނީ ކުށްތަކަކަށް މަގުފަހިވާ ކަންކަން ހުއްޓުވިގެން ކަމަށެވެ. އެހެންކަމުން އެފަދަ ސައިޓްތަކަށް ވަނުން ހުއްޓުވުމަށްޓަކާ ފިޔަވަޅު އަޅާދިނުމަށާއި އަޅާ ފިޔަވަޅުތައް  އަންގާ ދިނުމަށްވެސް ޕީޖީ އެދިވަޑައިގެންފައިވެއެވެ.