ޚަބަރު

ސިވިލް ކޯޓުގެ ޤާޒީ ހަލީމް އިސްތިއުފާދެއްވައިފި


ސިވިލް ކޯޓުގެ ޤާޒީ މުޙައްމަދު ހަލީމް އިސްތިއުފާދެއްވައިފިއެވެ.

އިސްތިއުފާދެއްވިކަން ކަށަވަރުކޮށްދެއްވާ މުޙައްމަދު ޙަލީމް ވިދާޅުވީ ފަނޑިޔާރުކަމަށް އާ ޤާނުނު އަސާސީގެ ދަށުން ފަނޑިޔާރުން އައްޔަންކުރި ގޮތާއި މެދު ސުވާލުތަކެއް އުފެދިފައިވާކަމަށެވެ. އަދި ބައެއް ފަނޑިޔާރުން މަޤާމަށް އައްޔަންކޮށްފައިވަނީ ގޭންގްތަކުން ކޯޓާއި ދީގެންކަމަށް ބުނެ ފަނޑިޔާރުން އައްޔަންކުރި ގޮތާއި މެދު އިތުރު ސުވާލުތަކެއް މިހާރު އުފެދިފައިވާކަމަށްވެސް ހަލީމް ވިދާޅުވިއެވެ.

ހަލީމް ވިދާޅުވީ އިސްތިއުފާދެއްވީ އޮންނަ އުސޫލުތަކުން ފަނޑިޔާރުން އަލުން އައްޔަންކުރުމަށް ފުރުސަތު ދިނުމުގެ ގޮތުންކަމަށެވެ. ދިވެހިރާއްޖޭގެ ހުރިހާ ކޯޓުތަކަށް ފަނޑިޔާރުން އަލުން ޢައްޔަނު ކުރުމަށްޓަކައި މިހާރު ތިއްބެވި ހުރިހާ ފަނޑިޔާރުން އިސްތިޢުފާދެއްވަން ޖެހޭކަމަށް ގަބޫލުކުރައްވާކަމަށާއި އިސްތިއުފާދެއްވީ އެކަމަށް މިސާލު ދެއްކެވުމުގެ ގޮތުންކަމަށްވެސް ހަލީމް ވިދާޅުވިއެވެ.
އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ޖުޑީޝަލް ރިފޯމް އެޖެންޑާއަށް އެއްބާރުލުން ހުރިހާ ފަނޑިޔާރުން ދެއްވަންޖެހޭކަމަށްވެސް ހަލީމް ވިދާޅުވިއެވެ.

މުޙައްމަދު ހަލީމް ސިވިލްކޯޓްގެ ފަޑިޔާރުކަމަށް އައްޔަންލުރައްވާފައިވަނީ 2015 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 19 ވަނަދުވަހުއެވެ. އަދި ހަލީމަކީ 2017 ވަނަ އަހަރުގެ އޮކްޓޯބަރ މަހުގެ 28 ވަނަދުވަހު ހެދުނުން ފެށިގެން ރޭގަނޑު ދަންވަރާ ހަމައަށް ގިނަ އަދަދެއްގެ މައްސަލަ ބައްލަވާ ރިކޯޑް ހެއްދެވި ޤާޒީއެކެވެ.