ކުޅިވަރު

ލީގް ކަޕް ފައިނަލްގަ މެންޗެސްޓަރ ސިޓީއާ ދެކޮޅަށް ޗެލްސީ


އިނގިރޭސި ލީގު ކަޕް ފައިނަލުގައި މެންޗެސްޓާ ސިޓީއާ ދެކޮޅަށް ކުޅޭ ޓީމަކަށް ޗެލްސީ ހޮވިއްޖެއެވެ.

ޗެލްސީ ފައިނަލަށް ދިޔައީ ރޭ ކުޅުނު ސެމީ ފައިނަލް ފަހު މެޗުގައި ޕެނަލްޓީ ޖަހައިގެން ޓޮޓެންހަމް 6-3އިން ބަލިކޮށްގެންނެވެ.
މި މެޗު ޕެނަލްޓީ ޖަހަން ޖެހުނީ 2-1އިން ޗެލްސީ މޮޅުވި ނަމަވެސް 2-2ގެ އެގްރިގޭޓުން ނަތީޖާ ހަމަހަމަވުމުންނެވެ.

މިއީ ފާއިތުވެދިޔަ 16 އަހަރު ތެރޭފައި ޗެލްސީ ފައިނަލްގައި ކުޅޭ 15 ވަނަ ފަހަރު. އަދި މިއީ ޗެލްސީ އާއި ސިޓީ އިނގިރޭސި މުބާރާތެއްގެ ފައިނަލްގައި ކުޅޭ ފުރަތަމަ ފަހަރެވެ. ފައިނަލް އޮންނާނީ ފެބްރުއަރީ މަހުގެ 24 ގައެވެ.