މެންޗެސްޓާ ސިޓީ އަށް ކުޅެމުން އަންނަ މިޑްފީލްޑަރު ބަރނާޑޯ ސިލްވާ ރެއާލް މެޑްރިޑަށް ދާން ބޭނުންވާ ކަމަށް ސްޕޭނުގެ ނޫސްތަކުން ބުނެފިއެވެ.
މި ވާހަކައިގެ އަޑު ގަދަވެފައިވަނީ ޕޯޗުގަލްގެ މިޑްފީލްޑަރު ގަތުމަށް ރެއާލް މެޑްރިޑުގެ ރައީސް ފްލޮރެންޓީނޯ ޕްރޭޒް މަސައްކަތް ކޮށްފައިވާތީއެވެ.
ސްޕޭނުގެ މީޑިޔާތަކުން ބުނާގޮތުގައި ސިލްވާ ހުރީ ސިޓީގައި ވަރަށް ހިތްހަމަޖެހިގެންނެވެ. އަދި ކުލަބު ބަދަލު ކުރަން އޭނާ ބޭނުމެއްނުވެއެވެ.
ރެއާލްއިން ސިލްވާ ގަންނަން ބޭނުންވީ ދުނިޔޭގެ މޮޅު ކުޅުންތެރިޔާ ލޫކާ މޮޑްރިޗްގެ ބަދަލުގައެވެ. ފާއިތުވެދިޔަ ހަތަރު އަހަރު ދެއްކި ކުޅުމާ ގާތަށް ވެސް މި ސީޒަނުގައި މޮޑްރިޗަށް ނުކުޅެވޭތީވެ ރެއާލް ވަނީ ކަންބޮޑުވެފައެވެ.
ސިލްވާ ނުލިބުމުން ރެއާލްއިން މިހާރު މަސައްކަތް ކުރަނީ ޓޮޓެންހަމަށް ކުޅޭ ކްރިސްޓިއަން އެރިކްސަން ގަތުމަށެވެ.