ދަށުކޯޓްތަކާއި ޓްރައިބިއުނަލްތަކުން ނިންމާ މައްސަލަތައް ދިހަ ދުވަހުގެ ތެރޭގައި އިސްތިއުނާފްކުރުމަށް ނިންމި ނިންމުމަށް އަމަލުކުރަން ފެށުމަށް އަމުރުކޮށް ސުޕްރީމްކޯޓުން ރޫލިންއެއް ނެރެފިއެވެ.ސުޕްރީމްކޯޓްގެ ފަސް ފަނޑިޔާރުން ސޮއިކުރައްވާ ނެރެފައިވާ ރޫލިންގައި ބުނެފައިވަނީ އިސްތިއުނާފްކުރުމުގެ ކަންކަން އިންތިޒާމްކޮށްފައިވާ ގާނޫނޫތަކާ ގަވައިދުތަކަށް ބަލާއިރު އިސްތިއުނާފްކުރުމަށް މިހާރު ދީފައިވާ މުއްދަތަކީ އަވަހަށް އިންސާފް ހޯދުމަށް ކަނޑައެޅިގެން ހުރަސްއެޅޭގޮތަށް ހުރި މުއްދަތުތަކެއްކަމަށެވެ. މިގޮތުން މި އުސޫލާއެކު ހަތަރު ގާނޫނެއްގެ ބައިތަކެއްވެސް ސުޕްރީމް ކޯޓުން ބާތިލްކޮށްފައިވެއެވެ.އަލަށް އެކުލަވާލި އުސޫލާއެކު ބާތިލްވެގެން ގޮސްފައިވަނީ ދަށުކޯޓްތަކުން ނިންމާ ނިންމުން މަތީ މަރްހަލާގެ ކޯޓްތަކުގައި ނުވަދިހަ ދުވަހުގެ ތެރޭގައި އިސްތިއުފާނުކުރަން ޖެހޭކަމަށް ކޯޓްތަކާއި ބެހޭ ގާނޫނޫގައި ބުނާ މައްދާއާއި ޓްރައިބިއުނަލްތަކުން ނިންމާ ނިންމުން ފަސްދޮޅަސް ދުވަހުގެ ތެރޭގައި އިސްތިއުނާފްކުރެވިދާނެކަމަށް ބުނާ މައްދާގެ އިތުރުން ޓެކްސްއާއި ގުޅޭ މައްސަލަތަކާއި އިންފޮމޭޝަން ކޮމިޝަނަރ ނިންމާ ނިންމުންތައް ތިރީސްދުވަހުގެ ތެރޭގައި އިސްތިއުނާފްކުރެވިދާނެކަމަށް ބުނާ މައްދާތަކެވެ.ސުޕްރީމްކޯޓުން ނެރުނު ރޫލިންގައި ބުނެފައިވަނީ ދަށުކޯޓްތަކުންނާއި ޓްރައިބިއުނަލްތަކުން ނިންމާ މައްސަލަތައް އެ މައްސަލައެއް ނިންމާތާ ދިހަ ދުވަހުގެ ތެރޭގައި އިސްތިއުނާފްކުރަންޖެހޭނެކަމަށެވެ. އަދި މިމަހުގެ ފަނަރަވަނަދުވަހު ފެށިގެން ނިންމާ މައްސަލަތަކަށް އަމަލަކުރަންޖެހޭނީ މިއުސޫލުގެ ދަށުންކަމަށްވެސް ސްޕްރީމްކޯޓްގެ ރޫލިންގައި ބުނެފައިވެއެވެ.