ވިޔަފާރި

މަސްވެރިނަށް ޑިސްކައުންޓް ލިބޭ ސްކީމެއް ޕާރސަނަލް ކޮމްޕިއުޓަރސްއިން ތަޢާރަފްކޮށްފި


މަސްވެރިންނަށް ޑިސްކައުންޓް ލިބޭ ސްކީމެއް ޕާރސަނަލް ކޮމްޕިއުޓަރސްއިން ތަޢާރަފްކޮށްފިއެވެ.

މި ސްކީމް ތަޢާރަފްކުރުމުގެ ގޮތުން ދިވެހި މަސްވެރިންގެ ޖަމްއިއްޔާއާއި ޕާރސަނަލް ކޮމްޕިއުޓަރސްއާ ދެމެދު އެއްބަސްވުމެއްގައި ވަނީ ސޮއިކޮށްފައެވެ. މި އެއްބަސްވުމުގައި ސޮއިކުރީ ޕާސަނަލް ކޮމްޕިއުޓާސްގެ ޑިރެކްޓަރ ސޭލްސް އެންޑް މާރކެޓިން އަލީ ރިޔާޒާއި ދިވެހި މަސްވެރިންގެ ޖަމްއިއްޔާގެ ރައީސް އަޙުމަދު ޝާފިޢުއެވެ.

މި ސްކީމާ ގުޅޭ ގޮތުން ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން ދިވެހި މަސްވެރިންގެ ޖަމުޢިއްޔާގެ ރައީސް އަޙްމަދު ޝާފިއު ވިދާޅުވީ، މިސްކީމްގެ ދަށުން ޚިދުމަތް ލިބޭނީ އެޖަމުއިއްޔާގެ މެމްބަރުންނަށްކަމަށާއި، އެ ޖަމްއިއްޔާގެ މެމްބަރަކަށްވުމުގެ ފުރުޞަތު ރާއްޖޭގެ ހުރިހާ މަސްވެރިންނަށާއި މަސްވެރިންގެ ޢާއިލާތަކަށް ހުޅުމާލާފައިވާކަމަށެވެ. މި ސްކީމްގެ ދަށުން ޕާރސަނަލް ކޮމްޕިއުޓަސްއިން ވިއްކާ ހުރިހާ މުދަލަކުން ޚާއްޞަ ޑިސްކައުންޓްތަކެއް ލިބިގެންދާނެކަމަށް ޝާފިޢު ވިދާޅުވިއެވެ.

ދިވެހި މަސްވެރިންގެ ޖަމުއިއްޔާގެ މެމްބަރަކަށްވުމަށް ބޭނުންވާ އެޕްލިކޭޝަން ފޯމް އެ ޖަމްޢިއްޔާގެ ވެބްސައިޓާއި ދިވެހި މަސްވެރިންގެ ފޭސްބުކްޕޭޖާއި ޓްވިޓަރގެ އިތުރުން ޕާރސަަނަލް ކޮމްޕިއުޓަރސްއިން ލިބެން ހުންނާނެކަމަށް ޝާފިޢު ވިދާޅުވިއެވެ. މިކަހަލަ ސްކީމްތައް ތަޢާރަފް ކުރުމުން މަސްވެރިންނަށް ލުއި ފަސޭހަތަކެއް ލިބިގެންދާނެ ކަމަށާއި ކުރިއަށް އޮތް ތަނުގައި އިތުރު ކްރެޑިޓް ސްކީމްތައް ވެސް ތަޢާރަފްކުރުމަށް މަސައްކަތްކުރަމުން ގެންދާކަމަށް ޝާފިޢު ވިދާޅުވިއެވެ.