ކުޅިވަރު

ސިލެސަން އަށް އަނިޔާވެ ހަފުތާއެއް ކުޅުމާ ދުރުގައި ހުންނަން ޖެހިއްޖެ


ބާސެލޯނާ އަށް ކުޅޭ ނެދަލޭންޑްސްގެ ގައުމީ ކީޕަރު ޔެސްޕާ ސިލެސަން އަށް އަނިޔާވެ ކުޅުމާ ދުރުގައި ހަ ހަފުތާ ހުންނަން ޖެހިއްޖެއެވެ.

ސިލެސަންގެ ކުޑަކަޅުވާ އަށް އަނިޔާވީ ސްޕެނިޝް ކަޕުގެ ކުއާޓާ ފައިނަލުގައި ސެވިއްޔާ އަތުން މޮޅުވި މެޗުގައެވެ. އޭނާ އަކީ އާއްމުކޮށް ސްޕެނިޝް ކަޕުގެ މެޗުތަކުގައި ކުޅޭ ކީޕަރެވެ. ސްޕެނިޝް ލީގާއި ޗެމްޕިއަންސް ލީގުގައި އޭނާ އިންނަނީ ބެންޗުގައެވެ.

ސިލެސަން އަށް ނުކުޅެވޭތީވެ ކަޕް މެޗުތަކުގައި ކީޕަރަށް ކުޅޭނީ ޓީމުގެ އެއްވަނަ ކީޕަރު ޖަރުމަނުގެ މާކް އަންދްރޭ ޓާސްޓެގަން އެވެ. ނަމަވެސް ފުރަތަމަ ޓީމުގެ ދެ ވަނަ ކީޕަރަކަށް މިހާރު ގެނެސްފައިވަނީ ރިޒާވް ޓީމުގެ ކީޕަރު އިނާކީ ޕެނާ އެވެ.

ސްޕެނިޝް ކަޕުގެ ސެމީ ފައިނަލުގައި ބާސެލޯނާ ކުޅެން ޖެހިފައިވަނީ ވާދަވެރި ރެއާލް މެޑްރިޑާ ދެކޮޅަށެވެ. މި ދެ މެޗު ކުޅޭނީ އަންނަ ބުދަ ދުވަހާއި ފެބްރުއަރީ 27 ގައެވެ.

މީގެ އިތުރުން ސްޕޭނުގެ އެންމެ ވާދަވެރި ދެ ޓީމު އަންނަ މަހުގެ ދޭއްގައި ސްޕެނިޝް ލީގުގައި ވެސް ކުޅޭނެއެވެ. އަދި މި މުއްދަތުގައި ޗެމްޕިއަންސް ލީގުގައި ވެސް މުހިންމު މެޗުތަކެއް އެބަހުރްޓެވެ. މިހުރިހާ މެޗެއް ވެސް ސިލެސަން އަށް ގެއްލޭނެއެވެ.