ކުޅިވަރު

ޔުނައިޓެޑް ފަސް އެނބުރި ބެލުމެއްނެތި ކުރިއަށް


ލެސްޓާ ސިޓީ 1-0އިން ބަލިކޮށް މެންޗެސްޓާ ޔުނައިޓެޑް ގަދަ ހަތަރަކާ ދެ ޕޮއިންޓަށް ކައިރިވެއްޖެ އެވެ.

ޔުނައިޓަޑަށް މިހާރު ލިބިފައިވަނީ 48 ޕޮއިންޓާއެކު ފަސް ވަނަ މަގާމެވެ. ހަތަރު ވަނާގައިވަނީ 50 ޕޮއިންޓާއެކު ޗެލްސީ އެވެ.

ޔުނައިޓެޑް ޓޭބަލުގައި ބޮޑު ކުރިއެރުމެއް މިހޯދީ 12 ޕޮއިންޓް ފަހަތުގައި އޮއްވައި ކުރިއަރަމުން ގޮހެވެ. އެ ޓީމު މޮޅުވުމުގެ ސިލްސިލާ ފެށުނީ ކުރީގެ ކޯޗު ހޯސޭ މޮރީނިއޯ މަގާމުން ވަކިކޮށް ކުރީގެ ފޯވަޑް އޮލޭގަނާ ސޯލްޝަޔާ މަގާމާ ހަވާޅުވި ހިސާބުންނެވެ. އޭގެ ފަހުން ޔުނައިޓެޑް މިހާތަނަށް ކުޅުނު 10 މެޗުގެ ތެރެއިން 9 މެޗުން މޮޅުވެ އެއްމެޗު ނިމުނީ އެއްވަރުވެގެންނެވެ.

ނަމަވެސް ރޭ މާކަސް ރަޝްފޯޑްގެ ހަމައެކަނި ގޯލުން މޮޅުވި ނަމަވެސް ކުޅުމާމެފު ކޯޗު ހިތްހަމައެއްނުޖެހެއެވެ. ސޯލްޝަޔާ ބުނީ މެޗުގައި ދެ ޓީމުގެ ކުޅުންތެރިންގެ ފަރާތުން ވެސް ފަހުން ފެނުނީ ވަރަށް ފިޒކަލް ކުރިމަތިލުންތަކެއް ކަމަށެވެ. މީގެ ސަބަބުން މެޗުގެ ކޮލިޓީ ގެއްލިގެން ދިޔަ ކަމަށެވެ.

"އަހަރެންގެ ކުޅުންތެރިންނަށް ވެސް އެނގޭ އެމީހުންނަށް މިއަށްވުރެ ރަނގަޅަށް ކުޅެވޭނެކަން. އެކަމަކު މެޗު ފިޒކަލްގެ 1-0ގެ ލީޑާއެކު ތިން ޕޮއިންޓް ދިފާއު ކުރަން ގިނަ ވަގުތު ހޭދަކުރެވުނީ. އެއްގޮތަކުން ވެސް ބަލާނަމަ އަބަދުވެސް ކްލީން ޝީޓެއް ލިބުމަކީ ދެން އޮންނަ މެޗަށް ތައްޔާރުވާން ކުރެވޭ ރަނގަޅު މަސައްކަތެއް،" މެޗަށް ފަހު ކޯޗު ބުންޏެވެ.

މި މެޗުން ބަލިވުމުން ލެސްޓާ އޮތީ 32 ޕޮއިންޓާއެކު 11 ވަނާގަ އެވެ.