ޗެމްޕިއަންސް ލީގުގައި ރޭ ޕީއެސްޖީ އަތުން މެންޗެސްޓާ ޔުނައިޓެޑް ބަލިވުމަކީ އެ ޓީމު ފެންވަރު ދެނެގަނަން ލިބުނު ފުރުސަތެއް ކަމަށް ކޯޗު އޮލޭގަނާ ސޮލިޝަޔާ ބުނެފިއެވެ.
ރޭގެ މެޗުން ބަލިވުމުން ޔުނައިޓެޑަށް ކުއާޓާ ފައިނަލަށް ދެވޭނީ ދެވަނަ ލެގުގައި ތިން ލަނޑުން މޮޅުވެގެންނެވެ.
ސޮލްޝަޔާ ބުނީ މެޗުގެ 53 ވަނަ މިނިޓްގައި ޕީއެސްޖީގެ ކިމްޕެމްބޭ ޖެހި ގޯލަށް ފަހު ޕީއެސްޖީ އަށް މެޗުގެ ކޮންޓްރޯލް ލިބިގެން ދިޔަ ކަމަށެވެ. އަދި އޭގެ ހަތް މިނިޓް ފަހުން ކޭލިއަމް އެމްބާޕޭ ޖެހި ގޯލާއެކު މުޅި މެޗު ބަދަލުވެގެންދިޔައީ ކަމަށެވެ.
މި މެޗު ފަހު މިނިޓްގައި ޔުނައިޓެޑްގެ ޕައުލް ޕޮގްބާ އަށް ވަނީ ރަތްކާޑު ދައްކާފައެވެ.
ޕީއެސްޖީގެ ކޯޗު ތޯމަސް ޓުޗެލް ބުނީ ފުރަތަމަ ހާފުގައި އޭނާގެ ޓީމަށް ވަރަށް ފަސޭހަ ބޯޅަތަކެއް ގެއްލުވާލެވުނު ކަމަށެވެ. ނަމަވެސް ދެ ވަނަ ހާފުގައި އެކަން ރަނގަޅުކޮށް ނެރެފައިވަނީ ރަނގަޅު ނަތީޖާއެއް ކަމަށެވެ. ދެވަނަ ބުރުގައި މި ދެޓީމު ވާދަކުރާ ދެވަނަ ލެގުގެ މެޗު ޕީއެސްޖީގެ ދަނޑުގައި އޮންނަނީ އަންނަ މަހުގެ ހަތްވަނަ ދުވަހުއެވެ.