ޚަބަރު

ޑައުންސިންޑްރޮމް ދުވަސް އިމާދުއްދީން ސްކޫލުގައި ފާހަގަކޮށްފި


ދުނިޔޭގެ ޑައުންސިންޑްރޮމް ދުވަސް އިމާދުއްދީން ސްކޫލުގައި ފާހަގަކޮށްފިއެވެ.މިދުވަސް ފާހަގަ ކުރުމުގެ ގޮތުން އެސްކޫލުން ހިންގި ހަރަކާތް ތަކުގެ ތެރޭގައި ހިމެނިގެން ހެންވޭރު ދަނޑުގައި ޑައުންސިންޑްރޮމް ހުންނަ ކުދިން ބޭނުންވާ ކުޅިވަރުތައް ކުޅުމުގެ ފުރުސަތު މިއަދު ފަހި ކޮށްދީފައިވާނެ ކަމަށް އިމާދުއްދީން ސްކޫލުން މައުލޫމާތުދެއެވެ.ޑައުންސިންޑްރޮމް ދުވަސް ފާހަގަ ކުރުމުގެ ގޮތުން އިމާދުއްދީން ސްކޫލުން ކުރިޔަށްގެންދިޔަ ހަރަކާތްތަކާއި ގުޅޭ މަޢުލޫމާތު ދެއްވަމުން އެސްކޫލްގެ ލީޑިންގ ޓީޗަރ ފައުޒިއްޔާ މަހުމޫދު ވިދާޅުވީ އިމާދުއްދީން ސްކޫލުގައި ތިބި ޑައުންސިންގް ޑްރޮމް ހުންނަ ސާދަ ކުދިންނަށް އެމް.އެން.ޑީ.އެފާއި ގުޅިގެން އެކުދިންގެ  މެޑިކަލް ޗެކަޕް ހަދާފައިވާކަމުގައެވެ.އިމާދުއްދީން ސްކޫލްގެ އަށްޑިހަ ތިން ކުދިން މިހަރަކާތުގައި ބައިވެރިވެފައިވެއެވެ. ވޯލްޑް ޑައުންސިންޑްރޮމް ދުވަސް ފާހަގަ ކުރަނީ މިމަހުގެ އެކާވީސް ވަނަ ދުވަހުގައެވެ.އިމާދުއްދީން ސްކޫލުން މިއަދު މިދުވަސް ފާހަގަ ކުރަނީ ވޯލްޑް ޑައުންސިންޑްރޮމް ދުވަސް ސްކޫލް ބަންދާ ދިމާވާތީ ކަމަށް އެސްކޫލުން މައުލޫމާތުދެއެވެ.