ޚަބަރު

ވ.ކެޔޮދޫގައި ކުރިއަށްގެންދިޔަ ކޮމިއުނިޓީ އެންހޭންސްމެންޓް ޕްރޮގްރާމްތައް ނިންމާލައިފި


ކޮމިއުނިޓީ އެންހޭންސްމެންޓް ޕްރޮގްރާމްގެ ނަމުގައި ވ.ކެޔޮދޫގައި ކުރިއަށް ގެންދިޔަ ޙަރަކާތްތައް ނިންމާ ބައިވެރިންނަށް އިނާމާއި ހަނދާނީ ލިޔުން ޙަވާލުކޮށްފިއެވެ.

އެމްއެންޑީއެފް މާލެ އޭރިއާއިން ވ. ކެޔޮދޫގައި ޖެނުވަރީ 29 ވަނަ ދުވަހުން ފެބުރުވަރީ 28 ވަނަ ދުވަހުގެ ނިޔަލަށް ހިންގި ކޮމިއުނިޓީ އެންހާންސްމެންޓް ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތުގައި ބައިވެރިވި ފަރާތްތަކަށް އިނާމާއި ހަނދާނީ ލިޔުން ޙަވާލުކޮށްދެއްވީ ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލާއި، މާލެ އޭރިއާ ކޮމާންޑަރ ކާނަލް ޢަބްދުއްރަޢޫފާއި، ސެނަހިޔަ މިލިޓަރީ ހޮސްޕިޓަލްގެ ކޮމާންޑިންގ އޮފިސަރ ކާނަލް ޑރ. ޢަލީ ޝާހިދު މުޙައްމަދެވެ.

ހަތަރު ކަމެއްގެ މައްޗަށް އަމާޒުކޮށް ކުރަށްގެންދިޔަ ކޮމިއުނިޓީ އެންހޭންސްމެންޓް ޕްރޮގްރާމްގެ ތެރެއިން ވަނީ "މޫދު ކަސްރަތުން ދުޅަހެޔޮކަން" މިނަމުގައި 4 ހަފްތާއަށް ކުރިއަށްގެންދިޔަ ކަސްރަތު ޕްރޮގްރާމެއް ހިންގާފައެވެ.

އަދި ވ.ކެޔޮދޫ ސްކޫލް ކުދިންނަށް އަމާޒުކޮށްގެން ސްކޫލް ކުދިން ފަތަން ދަސްކޮށްދިނުމަށް ކަނޑައެޅިފައިވާ މިންގަނޑަށް ފަތަން ދަސްކޮށްދިނުމުގެ ޕްރޮގްރާމެއްވަނީ 3 ހަފްތާއަށް ކުރިއަށްގެންގޮސްފައެވެ.

މީގެ އިތުރުން ސްކޫލް ޓީޗަރުންނަށާއި ގްރޭޑް 8 ން މަތީގެ ދަރިވަރުންނަށް އަމާޒުކޮށްގެން ފަސްޓްއެއިޑް އެވެއަރނެސް ސެޝަނެއް ވަނީ އެއްދުވަހުގެ މުއްދަތަށް ހިންގާފައެވެ. މީގެއިތުރުން ސީޕީއާރު އޭއީޑީ ރިފްރެޝަރ ކްލާހެއްވެސް 7 ދުވަހަށްވަނީ ކުރިއަށްގެންގޮސްފައެވެ.

ވ.ކެޔޮދޫގައި ބޭއްވި ކޮމިއުނިޓީ އެންހޭންސް މަންޓް ޕްރޮގްރާމް ނިންމުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި ޗީފް އޮފް ޑިފެންސް ފޯސްގެ އިތުރުން އެމްއެންޑީއެފް މާލެ އޭރިއާގެ ކޮމާންޑަރ ކާނަލް ޢަބްދުއްރަޢޫފް އާ އެމްއެންޑީއެފް ސެނަހިޔަ ހޮސްޕިޓަލްގެ ކޮމާންޑިން އޮފިސަރ ކާނަލް ޑރ. ޢަލީ ޝާހިދުގެ އިތުރުން އެމްއެންޑީއެފް މާލެ އޭރިއާގެ ބައެއް އޮފިސަރުން ވަނީ ބައިވެރިވެވަޑައިގެންފައެވެ.