ވިޔަފާރި

ތިލަފުށީގައި ޒަމާނީ ވިޔަފާރި ބަނދަރަކާއި ފްރީ ޓްރޭޑް ސަރަހައްދެއް


ތިލަފުށީގައި ޒަމާނީ ވިޔަފާރި ބަނދަރަކާއި، ފްރީ ޓްރޭޑް ސަރަހައްދެއް ގާއިމްކުރުމުގެ އެއްބަސްވުމެއް ކުރިއަށް އޮތް މަހެއްހާ ދުވަސް ތެރޭގައި ގާއިމްކުރުމަށް ދިވެހި ސަރުކާރާއި ދުބާއީގެ ޕޯޓްސް ވޯލްޑާ އެކީ އެމްއޯޔޫގައި އިއްޔެ ސޮއިކޮށްފިއެވެ.މިކަމަށްޓަކާ، ދުބާއީ ޕޯޓްސް ވޯލްޑް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި ދިވެހި ސަރުކާރުގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ، އިކޮނޮމިކް ކައުންސިލްގެ ކޯޗެއަރ އަދި ޓޫރިޒަމް މިނިސްޓަރ އަޙްމަދު އަދީބެވެ. ދުބާއީ ޕޯޓްސް ވޯލްޑް ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ  އެކުންފުނީގެ ޗެއަރމަން ސުލްޠާން އަހުމަދު ބިން ސުލޭޔަމްއެވެ.ދުނިޔޭގެ ހަތަރު ބައްރެއްގައި ފަސްދޮޅަހަށް ވުރެ ގިނަ ބަނދަރު އޮޕަރޭޓްކުރަ ދުބާއީ ޕޯޓްސް ވޯލްޑަކީ  ދުނިޔޭގައި ބަނދަރު ތަރައްގީކޮށް ހިންގާ އެންމެ އެއް ބޮޑު ކުންފުންޏެވެ.އެކުވެރި އަރަބި އިމާރާތުގެ އިންވެސްޓްމަންޓް އެކުންފުނިން އަންނަނީ ދުބާއީގައިވެސް ފްރީޓްރޭޑް ސަރަހައްދެއް ގާއިމްކޮށް ވިޔަފާރުބަނދަރާއި އެކީ ހިންގަމުންނެވެ.ދިވެހި ސަރުކާރާއި ޑީޕީ ވޯލްޑާއިއެކު ސޮއިކުރި އެއްބަސްވުމަށްފަހު ޗެއަރމަން ސުލްތާން އަޙްމަދު ވިދާޅުވީ، މިވަގުތު ތިލަފުށިގައި ވިޔަފާރި ބަނދަރެއް ތަރައްގީކުރުމަށް ނިންމިނަމަވެސް ރާއްޖޭގެ އުތުރާއި ދެކުނުގައިވެސް އެފަދަ ބަދަރެއް ތަރައްގީކުރުމަށް ޝައުގުވެރިވާކަމަށެވެ.ބަނދަރު ތަރައްގީކިރުމަށް އެކަންކުރެވޭނެ ފެންވަރު ރަނގަޅު ކުންފުންޏެއް ބޭނުންވާކަމަށާއި، މި ސއޮކުރެވުނު ކުންފުންނާއިއެކު އެތަން ތަރައްގީކޮށް އިގްތިޞާދު ފުޅާކުރެވޭނެކަމަށް އުއްމީދު އެބައޮތްކަމަށެވެ.މާލެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުންއެންމެ ފުރަތަމަ އިއުލާނެކުރީ 2013 ވަނަ އަހަރު ސިންގަޕޫރިގައި ބޭއްވި އިންވެސްޓަރސް ފޯރަމްގައެވެ. އަދި އެތަން ތަރައްގީކުރުމަށް ދެކުންފުންޏަކުން ޝައުގުވެރިކަން ފާޅުކޮށްފައިވާކަމަށް ސަރުކާރުންވަނީ ހާމަކޮށްފައެވެ.