ޚަބަރު

ވަރުގަދަ ޕީއެސްޖީ ކަޓުވާލައި ޔުނައިޓެޑް ކުއާޓާ އަށް


މާކަސް ރަޝްފޯޑް އިތުރު ވަގުތުގައި ކާމިޔާބުކޮށްދިން ޕެނަލްޓީއާއެކު 3-1އިން މޮޅުވެ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލަށް މެންޗެސްޓާ ޔުނައިޓެޑް ހިނގައްޖެ އެވެ.

މުހިންމު ބައެއް ކުޅުންތެރިން ނެތި ދެ ޓީމު ވެސް ކުޅުނު މެޗު ފެށިއިރު ޔުނައިޓެޑް ކުއާޓާ އަށް ދާން އޮތީ ދެ ލަނޑުން މޮޅުވެގެންނެވެ. ނަމަވެސް ފުރަތަމަ ހާފުގައު ލޮމެލޫ ލުކާކޫ ޖެހި ދެ ގޯލުން ޔުނައިޓެޑް ހިތްހަމަޖެހުން ހޯދި އެވެ. މެޗުގެ ދެ ވަނަ މިނިޓްގައި އޭނާ ޖެހި ލަނޑަށް ފަހު 12 ވަނަ މިނިޓްގައި ޕީއެސްޖީ އަށް އެއްވަރުކޮށްދިނީ ބާނަޓެވެ.

ރަޝްފޯޑްގެ ގޯލުން ޔުނައިޓެޑް މޮޅުވުމުން އެ ޓީމު ކުއާޓާ އަށް ދިޔައީ އަވޭގޯލުގެ ތަފާތުންނެވެ. އެއީ 3-3އިން ދެ ޓީމު އެއްވަރުވުމުންނެވެ. މި ދެ ޓީމު ޔުނައިޓެޑްގެ ދަނޑުގައި ކުޅެގެން ޕީއެސްޖީ މޮޅުވީ 2-0އިންނެވެ.

މިއީ ޖެހިޖެހިގެން ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރުން ޕީއެސްޖީ ކެޓީ ދެ ވަނަ ފަހަރެވެ.
މި މޮޅާއެކު ޔުނައިޓެޑްގެ ކޯޗުކަން އޮލޭގަނާ ސޮލިޝަޔާ އަށް ދޭން ގިނަ ބަޔަކު ވަނީ ގޮވާލައިފަ އެވެ. އޭނާ މިދިޔަ ޑިސެމްބަރު މަހު ޓީމާ ހަވާލުވީ ވަގުތީގޮތުންނެވެ. ނަމަވެސް މިހާތަނަށް ބަލިވީ އެންމެ މެޗަކުންނެވެ.