މި އަހަރުން ފެށިގެން މެޑިކަލް އޮފިސަރުން މޯލްޑިވްސް މެޑިކަލް ކައުންސިލްގައި ރަޖިސްޓްރީކުރާނީ އެ ކައުންސިލުން ދޭ ސްކްރީނިންގ އިމްތިހާން ހެދުމަށްފަހު ފާސްވުމުން ކަމަށް މެޑިކަލް ކައުންސިލުން ބުނެފިއެވެ.މޯލްޑިވްސް މެޑިކަލް ކައުންސިލުން ބުނީ އެ ކައުންސިލުން ދޭ މެޑިކަލް ރަޖިސްޓްރޭޝަން އިމްތިހާން މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވަނީ ޖޫން މަހާއި ޑިސެމްބަރު މަހު ކަމަށެވެ. އަދި މި އިމްތިހާން ހެދުމަށްޓަކައި ދޫކުރެވިފައިވާ ޕްރޮވިޝަން ރަޖިސްޓްރޭޝަން އާކުރެވޭނީ މިއަހަރުގެ ޑިސެމްބަރު މަހުގެ ނިޔަލަށް ކަމަށެވެ.މެޑިކަލް ކައުންސިލްގައި ރަޖިސްޓްރީ ކުރެވިފައިވާ ދިވެހި އަދި ބިދޭސީ އެމް.ބީ.ބީ.އެސް ޑޮކްޓަރުންނަށް އެއްއަހަރުދުވަހަށް ވަގުތީ ލައިސަންސެއް ކުރިން ދެވޭނެއެވެ. އަދި މި ލައިސަންސްގެ މުއްދަތުގެ ހަމަވުމުގެ ކުރިން އިމްތިހާނު ނަހަދައިފިނަމަ ނުވަތަ އިމްތިހާނުން ފާސް ނުވެއްޖެނަމަ އެފަރާތްތަކަށް ދީފައިވާ ލައިސަންސް ބާތިލްވާނެއެވެ.ލައިސަންސް އިމްތިޙާނު ދިނުމުގެ ބޭނުމަކީ ރާއްޖޭގައި މަސައްކަތް ކުރާ ޑޮކްޓަރުންނަކީ ފެންވަރު ރަނގަޅު ޑޮކްޓަރުން ކަމުގައި ހެދުން ކަމަށް އެ ކައުންސިލުން ބުނެއެވެ.