ޚަބަރު

ސައުދީއާ ވާދަކުރި މެޗުން ބޮޑު ތަފާތަކުން ރާއްޖެ ބަލިވެއްޖެ


ތޭވީސް އަހަރުން ދަށުގެ އޭޝިއަން ކަޕް ކޮލިފައިންގައި ރާއްޖެ ކުޅުނު ފުރަތަމަ މެޗުން ބަލިވެއްޖެ. ކޮލިފައިންގެ މެޗުތައް ބާއްވާ ޤައުމުކަމަށްވާ ސައުދިއަރައްބީއްޔާ އާއި ބައްދަލުކުރި މެޗުން ރާއްޖޭ ބަލިވީ ހައެއް ސުމެއްގެ ނަތީޖާއަކުންނެވެ.

މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުގައި ރޭ އަމިއްލަ ދަނޑުގައި ސައޫދީ މޮޅުވިރު އެ ޓީމުގެ އަބްދުﷲ އަލްހަމްދާން ހެޓްރިކް ހެދިއެވެ. އަނެއް ތިން ލަނޑު ޖެހީ އަބްދުއްރަހުމާން ގަރީބާއި އައިމަން އާއި އަބްދުއްރަހުމާން ހާޝިމެވެ.
ރާއްޖެ ކޮޅަށް ވަން ފުރަތަމަ ދެ ގޯލު ޖެހީ އެންމެ މިނެޓް ތެރޭގައި. ފުރަތަމަ ހާފުގެ 26 ވަނަ މިނިޓްގައި ޖެހި މި ދެގޯލަށް ފަހު ހާފުގައި ރާއްޖެ ޓީމުގެ ކުޅުން އިތުރަށް ގޯސްވިއެވެ. މި ބަލިވުމުގެ ސަބަބުން ރާއްޖެ އަށް ކޮލިފައިވެވޭނީ ކުރިއަށް އޮތް އޮމާން މެޗާއި ޔޫއޭއީ މެޗުން ތަފާތު ބޮޑު ނަތީޖާއަކުން މޮޅުވެގެން. މި ދެ ގައުމު ރޭ ކުޅުނު މެޗު 6-1އިން ކާމިޔާބުކޮށް ގްރޫޕުގެ ދެ ވަނާގައިވަނީ ޔޫއޭއީއެވެ.
ރާއްޖޭގެ ދެ ވަނަ މެޗުގައި މާދަމާ ކުޅޭނީ ޔޫއޭއީއާއެވެ.

ގައުމީ ކޯޗު ޕީޓަ ސެގަޓް ބުނީ މެޗުގައި ދިވެހި ކުޅުންތެރިން ވަރަށް ރަނގަޅަށް މަސައްކަތް ކުރި ކަމަށާއި ނަމަވެސް ސައޫދީ އަރަބިއާގެ ކުޅުންތެރިން ބިޔަވުމުން މެޗު ދިޔައީ މިނިޓަކަށްވުރެ މިނިޓެއް އުނދަގޫވަމުން ކަމަށެވެ