ޚަބަރު

ކުޅިވަރުތަށް އޮތީ އަޑި ވަޅުގަނޑެއްގެ ތެރޭގައި - މިނިސްޓާ ޢަލީ ވަޙީދު



ރާއްޖޭގައި ކުޅިވަރު މިހާރު އޮތީ ވަރަށް ފުން އަނދަވަޅެއްގެ ތެރެއަށް ވެއްޓިފައި ކަމަށް މިނިސްޓަރ އޮފް ޔޫޓް ސްޕޯޓްސްގެ އެންޑް ކޮމިއުނިޓީ އެމްޕަވާމަންޓް ހެންގުވެމާ ވަގުތީ ގޮތުން ހަވާލުވެވަޑައިގެން ހުންނެވި ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު ވިދާޅުވެއްޖެއެވެ.

އެކްޓިންގ ސްޕޯޓްސް މިނިސްޓަރ އަލީ ވަހީދު މިހެން ވިދާޅުވީ މިނިސްޓްރީން ސްޕޯޓްސް ފުރިހަމަ ކުރި ކުޅިވަރު ކުޅޭ ތަންތަނުގެ އޮޑިޓާ ބެހޭގޮތުން ވާހަކަ ދައްކަމުންނެވެ.

މިނިސްޓަރ އަލީ ވަހީދު ވިދާޅުވީ އަނދަވަޅެއްގެ ތެރޭގައި އޮތީ ވަކި ކުޅިވަރެއް ނޫން ކަމަށާއި ރާއްޖޭގެ ހުރިހާ ކުޅިވަރެއްވެސް މިވަތުގު އޮތީ ވަރަށްވެސް ދައްހާލެއްގައި ކަމަށެވެ.
ބައެއް ކުޅިވަރު އެސޯސިއޭޝަންތައް ވައްނާނެތަނެއް ނެތިފައިކަމަށާއި ސައިކަލު މަޑިދަށުގައި އޮފީސް ހަދައިގެންވެސް ހިނގާ އެސޯސިއޭޝަންތައް އެބަތިބިކަމަށެވެ.