ޚަބަރު

ފުރަތަމަ ލެގުގައި ރޮނާލްޑޯ އަށް ނުކުޅެވޭނެ - އަލެގްރީ


ޗެމްޕިއަންސް ލީގުގައި އަންނަ ހަފުތާގައި އަޔެކްސްއާ ދެކޮޅަށް ކްރިސްޓިއާނޯ ރޮނާލްޑޯއަށް ނުކުޅެވޭނެ ކަމަށް ޔުވެންޓަސްއިން ބުނެފިއެވެ

ޔުވެންޓަސްގެ ކޯޗު މަސިމޯ އަލެގްރީ ބުނީ މިދިޔަ ހަފުތާގައި ޕޯޗުގަލް އަށް ކުޅެނިކޮށް އަނިޔާވި ރޮނާލްޑޯ އަޔެކްސްއާ ދެކޮޅަށް ކުޅޭ މެޗަށް ފިޓްނުވާނެ ކަމަށެވެ.

ކޯޗް ބުނީ ރޮނާލްޑޯ ކުޅެން ނުކުންނާނީ މުޅިން ފިޓްވެގެން ކަމަށާއި އެންމެ މެޗަކުން މުޅި ކެރިއަރު ހަލާކުވާން ނޭދޭ ކަމަށެވެ.

ރޮނާލްޑޯ އަކީ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލަށް ޔުވެންޓަސް ގެންގޮސްދިނުމުގައި މުހިއްމު ކުޅުންތެރިޔާއެވެ. އެތްކެޓިކޯ އަތުން 2-0އިން ބަލިވެފައި އޮއްވާ އަމިއްލަ ދަނޑުގައި ޔުވެންޓަސް މޮޅުވީ ރޮނާލްޑޯގެ ދެ ގޯލުންނެވެ. އަދި އޭނާ އަކީ މިދިޔަ ތިން މުބާރާތް ރެއާލް މެޑްރިޑަށް ކާމިޔާބުކޮށްދިން އެންމެ މުހިންމު ކުޅުންތެރިޔާއެވެ