އޭއެފްސީ އިންތިހާބުގައި އެ ޖަމާއަތުގު އެކްސްކޯގެ އަންހެން މެމްބަރު ކަމަށް އޭޝިޔާ ޒޯނުން ވަދަކުރި ރާއްޖޭގެ ކެނޑިޑޭޓް މަރިޔަމް މުހައްމަދު (މާޔަން) އަށް ނާކާމިޔާބުވެއްޖެއެވެ.
2023 ވަނަ އަހަރުގެ ނިޔަލަށް އިންތިހާބުކުރި މި މަގާމަށް މިއަދު އޮތް އޭއެފްސީ ކޮންގްރެސްގައި ނެގި ވޯޓުން މާޔަން ނާކާމިޔާބުވީއިރު އެ މަގާމަށް ހޮވުނީ ވާދަކުރި އަނެއް ކެނޑިޑޭޓް ބަނގްލަދޭޝްގެ މަހްފޫޒާ ކިރޮންއެވެ. އޭނާ އަށް 31 ވޯޓު ލިބުނުއިރު ރާއްޖޭގެ މާޔަން އަށް ލިބުނީ 15 ވޯޓްއެވެ.
އޭއެފްސީގެ އިންތިހާބުގައި އެ ޖަމާއަތުގެ ރައީސް ކަމަށް އިންތިހާބުވީ ކުރިމަތިލި ހަމައެކަނި ކެނޑިޑޭޓް ޝައިހް ސަލްމާން ބިން އިބްރާހީމް އަލް ހަލީފާއެވެ.