ކުޅިވަރު

ޖޫ-ޖިޓްސޫ އެސޯސިއޭޝަނުން ރާއްޖެއަށް 4 ރިހި މެޑަލް އާއި 7 ލޯ މެޑަލް ހޯދައިދީފި


ރާއްޖޭގެ ޖޫ-ޖިޓްސު އެސޯސިއޭޝަން ބައިވެރިވި ފުރަތަމަ އިންޓަރނޭޝަނަލް މުބާރާތުން ހަތަރު ރިހި މެޑަލް އާއި ހަތް ލޯ މެޑަލް ހޯދައިފިއެވެ.

ރާއްޖޭގައި އަލަށް އެކުލަވާލެވުނު ޖޫ-ޖިޓްސޫ އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ބައިވެރިވެފައިވާ ޖޫ-ޖިޓްސޫ އޭޝިއަން ޔޫނިއަނުން އިންތިޒާމްކޮށްގެން ބޭއްވި ސައުތް އޭޝިއަން އޯޕަން އިންވިޓޭޝަނަލް މުބާރާތުގައެވެ. މިމުބާރާތަކީ ދުނިޔޭގެ ޖޫ-ޖިޓްސޫ ފެޑެރޭޝަންގެ ރޭންކިންގ މުބާރާތެކެވެ. އިންޑިއާގައި ކުރިއަށްދިޔަ މިމުބާރާތުގައި ރާއްޖޭގެ ނުވަ އެތްލޭޓެއް ވަނީ ބައިވެރިވެފައެވެ.

މިމުބާރާތުން ރިހި މެޑަލް ހޯދީ ޖޫ-ޖިޓްސު ފައިޓިންގެ 62 ދެ ކިލޯއަށްވުރެ ދަށުގެ ކެޓަގަރީއިން މުހައްމަދު ނިޝާލް، ޖޫޖިޓްސޫ ފައިޓިންގެ 77 ކިލޯއަށްވުރެ ދަށް ކެޓަގަރީއިން ހުސެއިން ޒާހިރު، ޖޫ-ޖިޓްސޫ ޑުއޯ ޝޯއިން މުހައްމަދު ޝާން ހަސަން އަދި ޖޫ-ޖިޓްސޫ ކޮންޓެކްޓް 45 ކިލޯއަށްވުރެ ދަށް ކެޓަގަރީއިން ފާތިމަރު ޝަހާ ހަސަންއެވެ.

މީގެއިތުރުން މޯލްޑިވްސް ޖޫ-ޖިޓްސޫ އެސޯސިއޭޝަންގެ ފަރާތުން ވަނީ އިންޑިއާގައި ކުރިއަށްގެންދިޔަ ސައުތް އޭޝިއަން ރީޖަނަލް ރެފްރީ ސެޓިފިކޭޝަން ސެމިނާގައިވެސް ބައިވެރިވެފައެވެ. އަދި ހަތް ދުވަހުގެ ޓްރެއިނިންގއަށް ފަހު މި ސެމިނަރގައި ބައިވެރިވި ރާއްޖޭގެ ފަސް ފަރާތަކުން ވަނީ ރީޖަނަލް ރެފްރީސްގެ ސެޓްފިކެޓް ހޯދާފައެވެ.

ރީޖަނަލް ރެފްރީސްގެ ގޮތުގައި މި ސެމިނިއަރއިން ސެޓްފިކެޓް ހޯދި ފަސް ފަރާތަކީ ފާތިމަތު ޝަހާ ހަސަން، މުހައްމަދު ޝާން ހަސަން، އަހުމަދު ޒާޖި މުހައްމަދު، އިބްރާހިމް ތަސްލީމް އަދި ޝަހަމާ މުހައްމަދެވެ.

ޖޫ-ޖިޓްސު އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން ހާމަކުރިގޮތުގައި އެ އެސޯސިއޭޝަންގެ ފަރާތުން ރާއްޖޭގައިވެސް ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. ޖޫ-ޖިޓްސު އެސޯސިއޭޝަން ވުޖޫދަށް އައިސްފައިވަނީވެސް މިއަހަރުގެ ތެރޭގައެވެ.