މިވަގުތު މަޑުޖައްސާފައިވާ ޓީޗަރުން ތަމްރީން ކުރުމުގެ ޕްރޮގްރާމް އަލުން އިއުލާން ކުރުމަށް ތައްޔާރުވަމުންދާކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ބުނެފިއެވެ.އެމްބީސީއާއި ވާހަކަފުޅުދައްކަވަމުން އެޑިޔުކޭޝަން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ އިބްރާހިމް އިސްމައިލް ވިދާޅުވީ ޓީޗަރުން ޑިގްރީ ފެންވަރަށް ތަމްރީނުކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު މަސައްކަތުގައި ބައެއް މައްސަލަތައް ފާހަގަވެގެން އޭސީސީން އެކަންމަޑުޖައްސާލަން އެންގުމުގެ ކުރިންވެސް އެޑިއުކޭޝަން މިނިސްޓްރީން އެކަން މަޑުޖައްސައި ފާހަގަކުރެވިފައިހުރި މައްސަލަތައް ރަނގަޅުކުރަމުންދިޔަކަމަށެވެ.މިހާރު ކިޔަވާދެމުން އަންނަ ޓީޗަރުން ތަމްރީން ކުރުމުގެ މަސައްކަތް އެމިނިސްޓްރީން ހުއްޓާނުލާ ކުރިޔަށް ގެންދާނެކަމަށާއި، މި ހަފްތާތެރޭގައި އިއުލާން ރަނގަޅު ކުރަންޖެހޭ ކަންތައްތައް ރަނގަޅު ކުރުމަށްފަހު އަލުން އިއުލާން ކުރާނެކަމަށް އޭނާ ވިދާޅުވިއެވެ.