ޚަބަރު

ހެރީ ކޭން އަށް އަނިޔާވެ ޓޮޓްނަމް މާޔޫސްކަމުގެ ތެރެއަށް



އެކެއް ސުމަކުން މެންޗެސްޓަރ ބަލިކުރިނަމަވެސް ޗެމްޕިއަންސް ލީގުގައި ރޭ ކުޅުނު މެޗުގައި ޓޮޓްނަމްގެ ފޯވާޑް ހެރީ ކޭންއަށް އަނިޔާވެ ޓޮޓްނަމް ސަޕޯޓަރުން މަޔޫސްވެއްޖެއެވެ.

ޓީމުގެ އެންމެ މުހިއްމު ކުޅުންތެރިއާ ހެރީ ކޭންއަށް ލިބުނު އަނިޔާ އާއި ގުޅިގެން އޭނާއަށް ޗެމްޕިއަންސް ލީގުގެ ދެވަނަ ލެގްގައި ކުޅެވޭނެ ކަމުގެ އުއްމީދު ވަރަށް ކުޑަކަމަށް ޓޮޓްނަމްއިން ބުނެއެވެ.

ޗެމްޕިއަންސް ލީގުގެ ކުއާޓަރ ފައިނަލްގައި ރޭ ސިޓީ އާއި ބައްދަލުކުރި މެޗު ޓޮޓްނަމް އެކެއް ސުމަކުން ކާމިޔާބުކުރި އިރު މިމެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު މެޗުގެ ދެވަނަ ހާފްގައި އެޓީމަށް ކާމިޔާބުކޮށްދިނީ ސޮން މިންގ ހިއުއެވެ.

މިއީ ސޮން ޓޮޓްނަމްގެ އާ ސްޓޭޑިއަމްގައި އެޓީމް ކުޅުނު ދެވަނަ މެޗުގައި ކާމިޔާބުކޮށްދިން ދެވަނަ ލަނޑެވެ.

ރޭގެ މެޗުގައި ސިޓީއަށް މެޗުގެ ކުރީކޮޅު ވަނީ ޕެނަލްޓީއެއްވެސް ލިބިފައެވެ. އެހެންނަމަވެސް އިތުބާރު ފޯވާޑް އެގުއޭރު ފޮނުވާލި ޕެނަލްޓީ ދިފާއުކުރީ ޓޮޓްނަމްގެ ގޯލްކީޕަރު ހޫގޯ ޔޮރިސްއެވެ.

ޗެމްޕިއަންސް ލީގުގައި ކުއާޓަރ ފައިނަލްގެ ދެވަނަ ލެގްގައި މިދެޓީމް ސިޓީގެ އިއްތިހާދް ސްޓޭޑިއަމްގައި ބައްދަލުކުރާނީ މިއަންނަ ހަފްތާގެ ބުދަ ދުވަހުއެވެ.