ޚަބަރު

ޗެމްޕިއަންސް ލީގުގައި އަޔެކްސް އާއި ދެކޮޅަށް ރޮނާލްޑޯ ފިޓުވާނެ



ޔުއެފްއާ ޗެމްޕިއަންސް ލީގުގައި މިރޭ އަޔަކްސް އާއި ބައްދަލުކުރާ މެޗުގައި ރޮނާލްޑޯއަށް ކުޅެވޭނެ ކަމުގައި ފެހި ސިގްނަލް ލިބިއްޖެއެވެ.

އެންމެ ފަހުން ޔުވެންޓަސް ކުޅުނު ހަތަރު މެޗުގައިވެސް ބައިވެރިވެފައި ނުވާ ރޮނާލްޑޯ މިރޭގެ މެޗުގައި ފުރަތަމަ އެގާރައިގައި ހިމަނާނެކަމަށްވެސް އިޓަލީގެ މީޑިއާ ތަކުން ވަނީ ބުނެފައެވެ.

އެންމެ ފަހުން އޮތް އިންޓަރނޭޝަނަލް ބްރޭކްގައި ޕޯޗުގަލް ޓީމާއެކު ކުޅެނިކޮށް ލިބުނު އަނިޔާއިން ރަނގަޅުވެ މިރޭގެ މެޗަށް ފިޓްވުމަށް ރޮނާލްޑޯ ވަނީ ވަރަށް ބޮޑަށް މަސައްކަތް ކޮށްފައެވެ. އަދި ޔުވެންޓަސްވެސް ބޭނުންވަނީ ރޮނާލްޑޯ ޗެމްޕިއަންސް ލީގު މެޗުތަކަށް ފިޓްކޮށް ބަހައްޓާށެވެ.

އިޓާލިއަން ލީގުގެ ޗެމްޕިއަންކަން މިހާރު ގާތްގަނޑަކަށް ކަށަވަރުވެފައި އޮތުމުން ޔުވެންޓަސްގެ ހުރިހާ ވިސްނުމެއް މިވަގުތު އޮތީވެސް ޗެމްޕިއަންސް ލީގަށެވެ. އިޓަލައިން ލީގު ކާމިޔާބުކުރުމަށް ޔުވެންޓަސްއަށް ދެން ބާކީއޮތް ހަތް މެޗުން ބޭނުންވަނީ އެންމެ ޕޮއިންޓެކެވެ.

މިރޭގެ މެޗަށް އޮނާލްޑޯ ފިޓްވިނަމަވެސް އެޓީމުގެ މިހިއްމު ދެ ކުޅުންތެރިން ކަމުގައިވާ ކެޕްޓަން ޖޯޖިއޯ ކިއެލީނީ އާއި މިޑްފިލްޑަރ އެމްރޭ ޗެންއަށް އަނިޔާގެ ސަބަބުން ބައިވެރި ނުވެވޭނެ ކަމަށް ޔުވެންޓަސްއިން ބުނެއެވެ.