ރައްޔިތުންގެ
މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެމްބަރު އިބްރާހިމް އަމީންގެ މައްޗަށް ޚިޔާނާތުގެ
ކުށް ސާބިތުވެ، ހަތަރު އަހަރާއި
ހަމަސް ދުވަހަށް އަރުވާލުމަށް ކުރިމިނަލްކޯޓުން ކުރި ޙުކުމް ހައިކޯޓުން ހޯމަ ދުވަހު ބާޠިލުކޮށްފިއެވެ.
އިބްރާހިމް
އަމީންގެ މައްޗަށް ކުރިމިނަލްކޯޓުން މިދިޔަ އަހަރުގެ މޭމަހުގެ ސާދަވަނަ ދުވަހު
ކުރި ހުކުމްގައި އަރުވާލުމުގެ އިތުރުން އެނާ ހިޔާނާތްތެރިވިކަމަށް ބުނާ ތިރީސް
ހަހާސް އަށް ސަތޭކައަށް ވުރެ ގިނަ ރުފިޔާ އެއްމަސްދުވަހުގެ ތެރޭގައި ކޯޓަށް
ދެއްކުމަށްވެސް އަމުރުކޮށްފައިވެއެވެ. އޭނާއާއި ދެކޮޅަށް ދައުލަތުން ދައުވާކުރީ
އަމީން ރ. އުގުފާރު އިންޖީނުގޭގައި މަސައްކަތްކުރި އިރު އެތަނަށް ލިބުނު
ފައިސާތަކަކާއި ހަވާލްވެ އެ ފައިސާއަށް ހިޔާންތެރިވެފައިވާކަމަށް ބުނެއެވެ.
ދަށުކޯޓުގެ
ނިންމުން ބާތިލްކުރަމުން ހައިކޯޓުން މިއަދު އިއްވި ހުކުމްގައި ބުނެފައިވަނީ
ހިޔާނާތްތެރިވެގެންކަމަށް ބުނެ އެއްވެސް މީހެއްގެ މައްޗަށް އުފުލޭ ދައުވާއެއްގައި
ފުރިހަމަވާންޖެހޭ ކަންތައްތަކެއް ހުރިއިރު އެއިން އެއްވެސް ކަމެއް އަމީންގެ
ކިބައިން ފުރިހަމަނުވާކަމަށެވެ. އަދި އިބްރާހިމް އަމީން ޚިޔާނަތްތެރިވެފައިވާކަމަށް
ދައުލަތުން ތުހުމަތުކުރާ ފައިސާ މަދުވެފައިވީކަމަށް ބެލިނަމަވެސް އެ ފައިސާ
ގެންގުޅުމުގައި އަމީން އިބްރާހިމް ހިލާފްވެފައިވަނީ ކޮން ގަވައިދެއްގެ ކޮން
މައްދާއަކަށްކަން ދައުލަތަށް ސާބިތުކޮށްދެވިފައިނުވާކަމަށްވެސް ހައިކޯޓްގެ
ހުކުމްގައިވެއެވެ.
އިބްރާހިމް
އަމީންގެ މައްޗަށް ކުރިމިނަލްކޯޓުން މިދިޔަ އަހަރުގެ މޭމަހުގެ ސާދަވަނަ ދުވަހު
ކުރި ހުކުމްގައި އަރުވާލުމުގެ އިތުރުން އޭނާ ޚިޔާނާތްތެރިވިކަމަށް ބުނާ ތިރީސް
ހަހާސް އަށް ސަތޭކައަށް ވުރެ ގިނަ ރުފިޔާ އެއްމަސްދުވަހުގެ ތެރޭގައި ކޯޓަށް
ދެއްކުމަށްވެސް އަމުރުކޮށްފައިވެއެވެ. އަމީންގެ މައްޗަށް ކުރިމިނަލްކޯޓުން ހަތަރު
އަހަރާއި ހަމަސްދުވަހަށް ޖަލަށްލުމަށް ހުކުމްކޮށްފައިވަނީ އަމީންގެ މަޖިލިސް
މެމްބަރުކަމުގެ ދައުރު ހަމަވިފަހުން. އެހެންކަމުން އޭނާ އަރުވާލުމަށް ކުރި
ހުކުމާއި ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައެއްނުވެއެވެ.