ޚަބަރު

މަގުމަތީގައި ރަޖިސްޓްރީނުކޮށް ޕާކުކޮށްފައިހުންނަ ވެހިކަލް ނަގަނީ


މާލޭގެ މަގުތަކުގެ ޒޯންތަކުގައި ރަޖިސްޓްރީނުކޮށް
ހުންނަ ވެހިކަލްތައް ޕާރކްކޮށްފައި ހުންނަ ކަން ފާހަގަކުރެވިފައިވާ ކަމަށާއި
އެފަދަ ވެހިކަލްތައް ނެގުމުގެ މަސައްކަތް ކުރަމަށް ތައްޔާރުވަމުންދާ ކަމަށް
ފުލުހުން ހާމަކުރައްވައިފިއެވެ.



އިސްކަންދަރުކޮށީގައި ނޫސްވެރިންނަށް މައުލޫމާތު
ދެއްވަމުން ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އިސްމާއިލް ނަވީން ވިދާޅުވީ،
މާލޭގެ ޓްރެފިކް މައްސަލަތައް ހަމަޔަކަށް އެޅުވުމަށްޓަކައި ގިނަ މަސައްކަތްތަކެއް
ކުރެވުމްނދާ ކަމަށާއި އެގޮތުން މާލޭތެރެއިން ހަލާކުވެފައި ހުންނަ ވެހިކަލްތައް ނަގާ،
އެތެކެތި ވަކި ސަރަޙައްދަކަށް ލުމުގެ މަސައްކަތް ކުރައްވަމުންދާ ކަމަށެވެ.



ނަވީން ވިދާޅުވީ، މާލޭގެ މަގުތަކުގައި ބާރު
ސްޕީޑުގައި ދުއްވާ ވެހިކަލްތަކާއި މެދު އެޅޭނެ ފިޔަވަޅުތަކާއި ގުޅޭ ގޮތުން
ތައްޔާރުކޮށްފައިވާ ކަރުދާހެއް އޭޖީ އޮފީހަށް ހުށައަޅުއްވާފައިވާ ކަމަށެވެ.



މީގެ އިތުރުންވެސް ސްކޫލްތައް ހިމެނޭ ސަރަޙައްދުގައި
ހެނދުނު ހަޔަކުން ހަވީރު ހަޔަކަށް އެސަރަޙައްދުގައި ޕާރކްނުކުރެވޭ ގޮތަށް ބޯޑުތައް
ހަރުކުރުމުގެ މަސައްކަތްވެސް ފަށާފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއްވައެވެ.