އަލްޖީރިއަން ކޮފްތާ ނުވަތަ މީޓްބޯލްސް
ރޯދަމަހާ ދިމާކޮށް މުޅިން އާ ރަހަތައް ބަލާލުމަކީ އާއްމުކަމެކެވެ. މި ގޮތުން ރޯދަމަހުގެ ސުފުރާތައް ފަޅުފިލުވާލުމަށް އަލްޖީރިއަން ކޮފްތާ ނުވަތަ މީޓްބޯލްސްއަކީވެސް ތައްޔާރުކޮށްލަން ފަސޭހަ މީރު ކެއުމެކެވެ.ސައިޑް ޑިޝްއެއްގެ ގޮތުގައި ބޭނުންކޮށްލުމަށް މީ ހަމަ އެއްވަނައިގެ އެއްޗެކެވެ.
ގްރައުންޑް ބީފް - ފިނި ކަނޑުވާފައި (1 ފައުންޑް)
4 ލޮނުމެދު ކޮޅު (ގާނާފައި)
1/4 ޖޯޑު ފިޔާ (ކުދިކުދިކޮށް، ކޮށާފައި)
ލޮނު، އަސޭމިރުސް (ރަހަލާވަރަށް )
3 ޓޯމާޓޯ (ވީހާވެސް ކުދިކޮށް ކޮށާފައި)
1 ސައިސަމުސާ ޕާސްލީ (ހިއްކާ ހިމުންކޮށްފައި ހުންނަ ވައްތަރު)
1/2 ޖޯޑު ފެން
ބީފް އަދި ގާނާފައި ހުރި ލޮނުމެދުގެ ދެބައިކޮޅު އެއްބަޔާއި، 1 މޭޒުމަތީ ސަމުސާ ގާނަފައިހުރި ފިޔާ އެއްކޮށްލާށެވެ. ހުރިހާ އެއްޗެއް ރަގަނޅަށް އެއްވުމުން ބީފް މަސްގަނޑުން ކުދި ގުޅަތަކެއް ވަށާލާށެވެ.
ތަތް ނުލަވާ ތަވައެއް މެދުގިނީގައި ހޫނުވުމުން ކުޑަ ތެޔޮކޮޅެއް ތާހުގައި އުގުޅާލައި އަދި ތާސްމަތީ ބީފް ގުޅަތައް ރޯފިލަންދެން ފިހެލާށެވެ. ފިހެ ނިމުމުން ތައްޓެއްގެ މަތީ ޓިޝޫކޮޅެއް ބާވާފައި ފިހުނު ބީފް ގުޅަތައް އަތުރާލަށެވެ. ބީފް ފިހުނު ތަވާ ތެރެއަށް ބާކީހުރި ފިޔާކޮޅާއި ލޮނާ އަސޭމިރުސްކޮޅު އަޅާ މީރުކޮށްލާށެވެ. ފިޔާކޮޅު މީރުވުމުން ބާކީހުރި ލޮނުމެދުކޮޅު އަޅާ ތިރީސް ސިކުންތު ވަންދެން މީރުކޮށްލާށެވެ. ޓޮމާޓޯ، ހިކި ޕާސްލީކޮޅު އަދި ފެން އެޅުމަށްފަހު ޓޮމާޓޯ މީރުވެ، ޗަސްވެލަންދެން ކައްކާލާށެވެ. ދެން ބީފް ގުޅަތައް މައްޗަށް ޓޮމާޓޯ ސޯސް ގަނޑު އަޅާ ފަތުރާލާށެވެ.
މިހާރު ތިހުރީ މިިޑިޝް ތައްޔާރުވެފައެވެ. ރޯދަ ވީއްލާ ގަނޑި ނުވަތަ ހާރުދަމަށްވެސް ރޮށި، ބަތް ނުވަތަ ޕާނާއެކުވެސް މިޑިޝް ވަރަށް ކަމުދާނެއެވެ.