ރެލިގޭޓްވެފައިއޮތް ފުލަމްގެ ވަގުތީ ކޯޗު ސްކޮޓް ޕާކާރއަށް ދާއިމީ ކޮންޓްރެކްޓެއް އެކުލަބުން ދީފިއެވެ.
އިނގިރޭސި ޤައުމީ ޓީމްގެ ކުރީގެ މިޑްފިލްޑަރ ފުލަމްއާއި ހަވާލްވީ މިދިޔަ ފެބްރުއަރީ މަހުއެވެ. މަގާމާއި ހަވާލްވިއިރުވެސް ފުލަމް އޮތީ ޕްރިމިއަރ ލީގު ތާވަލްގެ ފުލުގައެވެ. މިހާތަނަށް އޭނާ ކުލަބަށް އިރުޝާދުދިން ނުވަ މެޗުން އެޓީމް ތިން މެޗުން މޮޅުވިއިރު، ކުލަބު މެނޭޖުމަންޓުންވަނީ ޕާރކާރގެ މަސައްކަތަށް ހިތްހަމަޖެހުން ފާޅުކޮށްފައެވެ.
ދެ އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން ޕާރކާރގެ ކޮންޓްރެކްޓް އާކުރިއިރު، އޭނާއަށް އޮތް އެންމެ ބޮޑު ޗެލެންޖަކީ އަންނަ ސީޒަންގައި ޕްރިމިއަރ ލީގަށް ފުލަމް ޕްރޮމޯޓްކޮށްދިނުމެވެ.
މަގާމާއި ހަވާލްވުމަށްފަހު ޕާކާރ ބުނީ ޕްރިމިއަރ ލީގުގައި 20 އަހަރުވަންދެން ކުޅެ ލިބުނު ތަޖުރިބާ އޭނާގެ ކިބައިގައި ހުރުމުން ފުލަމްއާއިއެކު ކާމިޔާބީ ހޯދޭނެކަމުގެ ޔަގީންކަން އެބައޮތްކަމަށެވެ. އަދި އަންނަ ސީޒަނަށް ކުލަބު ވަރުގަދަ ކުރުމަށް ބޭނުންވާ ޕްލޭންތައް މިހާރު މެނޭޖްމަންޓާއި ހިއްސާކޮށްފައިވާނެކަމަށާއި، ޗެއާމަން ޝާހިދު ޚާންގެ އެއްބާރުލުން ވަރަށް ބޮޑަށް ލިބެނުން އަންނަކަމަށެވެ.
2017ވަނަ އަހަރުގެ ޖޫންމަހު ކުޅުން ހުއްޓާލި ޕާކާރ ފުލަމްއާއި ހަވާލްވުމުގެ ކުރިން އިރުޝާދުދިނީ ޓޮޓްނަމްގެ 18އަހަރުންދަށުގެ ޓީމަށެވެ.