ކުޅިވަރު

ރަމަޟާން ކެރަމް މުބާރާތުގެ ސެމީގެ ޖާގަތައް ކަށަވަރުވެއްޖެ


5 ވަނަ ރަމަޟާން ކެރަމް މުބާރާތުގެ ފިރިހެން ޑަބަލްސް ސެމީ ފައިނަލުގައި ވާދަކުރާ ޕެއަރތައް ކަށަވަރުވެއްޖެއެވެ.

މިދިޔަ އާދިއްތަ ދުވަހު ފެށި މި މުބާރާތުގެ ފިރިހެން ޑަބަލްސް ކުއާޓަރ ފައިނަލް ފުރަތަމަ މެޗު ކާމިޔާބުކޮށް ފައިނަލުން ޖާގަ ހޯދި ފުރަތަމަ ޕެއަރއަކީ މުޙައްމަދު މުންތަސިރާއި އިބްރާހިމް މޫސާގެ ޕެއަރއެވެ. އެއީ އަލީ ނަދީމާއި އަބްދުﷲ އާދަމްގެ ޕެއާއާއި ވާދަކޮށް މޮޅުވެގެންނެވެ.
މައްޔާޝް ލަތީފާއި އިބްރާހިމް ހުޖާން ސެމީ ފައިނަލުން ޖާގަ ހޯދީ އަލީ ހަސަންއާއި އަލީ ލިވާޒްގެ ޕެއަރ ބަލިކޮށްގެންނެވެ.

ހަސަން ޝާމިން އަދި އާދަމް ޝާއިއުގެ ޕެއަރ ސެމީން ޖާގަ ހޯދީ އިސްމާއިލް ސުޖާއުއާއި އުމަރު ޒިޔާދުގެ ޕެއަރ ބަލިކޮށްގެންނެވެ. އަދި އަލީ އާޒިމްއާއި އަބްދުﷲ އާދަމްގެ ޕެއަރ ސެމީން ޖާގަ ހޯދީ މުސްއަބު އަބްދުﷲ އާއި އަލީ ޝަމްޢާންގެ ޕެއަރ ބަލިކޮށްގެންނެވެ.

މުބާރާތުގެ އަންހެން ޑަބަލްސް ފައިނަލުގައި އާމިނަތު ޝުބާ އާދަމްއާއި އައިޝަތު ޝައިހާގެ ޕެއަރ ނިކުންނާނީ އަފީފުއްނިސާ އަދި ފާތިމަތު އިރާޝާގެ ޕެއާއާއި ދެކޮޅަށެވެ.

މުބާރާތުގެ އަންހެން އަދި ފިރިހެން ސިންގަލްސް އިވެންޓްގެ މެޗުތައް ފެށުމަށް ހަމަޖެހިފައިވަނީ މާދަމާރޭއެވެ.