ނޯވޭގައި ބާއްވާ ކޮންފަރެންސްގެ ބައިވެރިވެޑަގަތުމަށް މިނިސްޓަ އޮފް ޖެންޑަރ އެންޑް ފެމިލީ ޝިދާތާ ޝަރީފު ފުރާ ވަޑައިގަންނަވައިފިއެވެ. އެންޑިން ސެކްޝުއަލް އެންޑް ޖެންޑަރ ބޭސްޑް ވަޔަލަންސް އޮން ހިއުމެނިޓޭރިއަން ކްރައިސިސްގެ ނަމުގައި ކުރިޔަށްދާ މި ކޮންފްރެންސް އޮންނާނީ 23 އަދި 24 މި ދެ ދުވަހުއެވެ.
މި ކޮންފްރަންސްގައި މަޝްވަރާކުރާނީ ޖީންސި އަނިޔާއާއި ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާގެ ޝިކާރައަކަށްވާ މީހުންނަށް އެހީތެރިވާނެގޮތާއި އެކަމަށްބޭނުންވާ މާލީ އެހީތެރިކަމާއި ގުޅެގޮތުންނެވެ. އަދި އަދި ވަކި ޖިންސަކަށްވީތީ އަނިޔާ ލިބޭ ފަރާތްތަކަށް އެހީތެރިވުމުގައި ގެންގުޅޭ ފަރަގު ނައްތާލާ އިންސާނީ އެހީދިނުމުގައި ގެންގުޅޭ ތަފާތުކުރުންތައް ނައްތާލުމާއި ގުޅޭގޮތުންވެސް މި ކޮންފަރެންސްގައި މަޝްވަރާކުރުމަށްވަނީ ހަމަޖެހިފައެވެ.
މި ކޮންފަރެންސްގައި ބައިވެރިވެޑައިގަތުމަށް ފުރާ ވަޑައިގަތުމުގެ ކުރިން ޕީއެސްއެމްއަށް ދެއްވި އިންޓަރވިއު އެއްގައި މިނިސްޓަރ ޝިދާތާ ވިދާޅުވީ މި ކޮންފަރެންސްގެ ސަބަބުން ރާއްޖޭގައި ހުރި މި ފަދަ މައްސަލަތައް ހައްލުކުރުމަށް ސިޔާސަތުތައް ކަނޑައެޅުމަށް ފަސޭހަތަކެއް ލިބިގެންދާނެކަމަށެވެ.
" އަޅުގަނޑުމެންގެވެސް ވަރަށްބޮޑު މަޤްސަދެއް މިއީ މިފަދަ ފުރުސަތެއްގެ ބޭނުންކޮށްގެން އަޅުގަނޑުމެންގެ ރާއްޖޭގައި ހުރި މައްސަލަތައް ޙައްލުކުރުމާއި ސިޔާސަތުތައް ކަނޑައެޅުމުގައި ކަންކުރަންޖެހޭގޮތް ދެނެގަތުމާއި އެފަދަ ކަންކަން ހަރުދަނާކުރުމަށް ކުރެވޭނެ ކަންކަން ބަލައި ހޯދުން." ޝިދާތާ ވިދާޅުވިއެވެ.
ނޯވޭގެ ވެރިރަށް އޮސްލޯގައި ކުރިއަށްދާ މި ކޮންފަރަންސަކީ އެ ޤައުމުގެ ސަރުކާރާއި ޔުނއިޓެޑް ނޭޝަންސް ޕޮޕިއުލޭޝަން ފަންޑް
( ޔޫ އެން އެފް ޕީ އޭ) އަދި އިންޓަރނޭޝަނަލް ކޮމެޓީ އޮފް ދަ ރެޑް ކްރޮސް ( އައި ސީ އާރު ސީ ) ގުޅިގެން ބާއްވާ މަޝްވަރާތަކެކެވެ. މި މަޝްވަރާތަކުގައި އެކި ޤއުމުތަކުގެ ވަޒީރުންނާއި ސަފީރުންގެ އިތުރުން ބައިނަލްއަޤޫވާމީ ޖަމިއްޔާތަކަކާއި މަނަދީ ޖަމިއްޔާތަކުގެ މަންދޫބުންވެސް ބއިވެރިވެޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.