ޚަބަރު

ޑޯގްސްކޮޑް ނުވަތަ ފާރަގެމައިގެ ތަމްރީނުތަކުގެ ނިމުން ފާހަގަކޮށްފި


ރާއްޖެއަށް
އެތެރެކުރާ މަސްތުވާ ތަކެއްޗާއި ވަގު ފައިސާ ހޯދުމުގެ އޮޕަރޭޝަންގައި
ބޭނުންކުރުމަށް ތައްޔާރުކޮށްފައި ވާ ޑޯގް ސްކޮޑް ފާރަގެމައިގެ ތަމްރީންތައް
ނިންމާލައިފިއެވެ.



އިބްރާހިމް
ނާސިރު އިންޓަރނޭޝާނަލް އެއާޕޯޓުގައި ކުއްތާގެންގުޅުމަށް ޚާއްސަކޮށް
ތައްޔާރުކޮއްފައި ވާ ސަރަހައްދުގައި ބޭއްވި ރަސްމިއްޔާތެއްގައި ތަމްރީންތައް
ފުރިހަމަކުރި ފުލުހުންނަށް ހޯމް މިނިސްޓަރ އުމަރު ނަސީރު ވަނީ ލިޔުން ހަވާލުކޮށް
ދެއްވާފައެވެ. އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ވިދާޅުވީ
ރާއްޖެއަށް މަސްތުވާތަކެތި އެތެރެވާނަމަ އެތަކެތީގެ އަގަށްވާ ފައިސާ ރާއްޖެއިން
ބޭރުވެގެންވެސް ދާނެކަމަށެވެ. އަދި މަސްތުވާތަކެތިން ޤައުމު ސަލާމަތްކުރުމަށް
ސަރުކާރުން ކުރާ މަސައްކަތުގައި އެތެރެވާ ތަކެތީގެ އިތުރަށް ޤައުމުން ބޭރުވާ
ފައިސާއަށްވެސް ސަރުކާރުން ވިސްނާކަމަށް އުމަރު ވިދާޅުވިއެވެ. އެގޮތުން ފައިސާ
ހޯދުމަށް ތަމްރީންކުރެވުނު ކުއްތާތައް އެއާޕޯޓުގައި ބޭނުންކުރަން ވަރަށް އަވަހައް
ފަށްޓަވާނެ ކަމަށް އުމަރު ވިދާޅުވިއެވެ.



މިހާރު
އެކުލަވާލާފައިވާ ފާރަގެމައިގައި ޖުމްލަ ސޯޅަ ކުއްތާ ހަރަކާތް ތެރިވާނެއެވެ. އަދި
ކުއްތާގެ މަސައްކަތްތައް އަތޮޅުތެރޭގައި ވެސް ކުރުމަށް ނިންމާފައި ވާތީ
ފާރަގެމައަށް ކުއްތާ އިތުރު ކުރަމުން ގެންދަވާނެ ކަމަށްވެސް އުމަރު ވިދާޅުވިއެވެ.