ސައިރިކްސް
ކޮލެޖާއި ސްރީލަންކާގެ އިވޯލްވް ޓެކްނޮލޮޖީސް އާއި ދެމެދު އެކި އެކި
އިންޑަސްޓްރީތަކަށް ބޭނުންވާ ސޮފްޓްވެއަރއާއި އެޕްލިކޭޝަން ތައްޔާރުކުރުމުގެ
އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މި
އެއްބަސްވުމުގައި ސޮއިކުރެއްވުމަށް ފަހު ސައިރިކްސް ކޮލެޖްގެ ޗެއަރމަން އަހްމަދު
ޝަރީފް ވިދާޅުވީ، މި އެއްބަސްވުމުގެ
ދަށުން ސަރުކާރުގެ އެކި އެކި މުއައްސަސާތަކާއި އެކި އެކި އިންޑަސްޓްރީތަކަށް
ބޭނުންވާ އެޕްލިކޭޝަނާއި ސޮފްޓްވެއަރ ތައްޔާރު ކުރެވިގެންދާނެކަމަށެވެ. އަދި
ސައިރިކްސްގައި ކިޔަވަމުންދާ ދަރިވަރުންނަށްވެސް މި މިފަދަ ސޮފްޓްވެއަރތައް
ތައްޔާރުކުރުމުގެ ފުރުޞަތު ލިބިގެންދާނެކަމަށެވެ.
އިވޯލްވް ޓެކްނޮލޮޖީގެ މެނޭޖިންގ ޑިރެކްޓަރ ކޭ. ޕީ ޕިންޓޯ ވިދާޅުވީ އެ ކުންފުންޏަކީ ވަރަށް
ތަޖުރިބާ ހުރި ކުންފުންޏެއްކަމަށާއި މިހާރު ހިއުމަން ރިސޯސް އާއި އަދިވެސް
އެހެނިހެން ދާއިރާގެ ސޮޕްޓްވެއަރ ތައްޔާރުކޮށް ގިނަ އަދަދެއްގެ ބަޔަކު
ބޭނުންކުރަމުންދާކަމަށެވެ.
ސައިރިކްސް
ކޮލެޖުން ބުނީ މި އެއްބަސްވުމާއި އެކު ދެން ވަރަށް އަވަހަށް މިފަދަ ސޮފްޓްވެއަރ
އާއި އެޕްލިކޭޝަން ތައްޔާރުކުރުމަށް އެކި އެކި ދާއިރާތަކާއި އެކު ސެމިނަރ އެއް
ބާއްވާނެކަމަށެވެ.