އަމާޒަކީ ލީގުގައި ރަނގަޅު ނަތީޖާއެއް ހޯދާ ތައްޓެއް ކާމިޔާބުކުރުން ކަމަށް ކްލަބް އީގަލްސްގެ ކޯޗު މުހައްމަދު ޝިޔާޒް (މޯހަން) ބުނެފިއެވެ. ކުރިއަށް އޮތް ސީޒަނަށް ކްލަބް އީގަލްސްގެ ފަރިތަކުރުންތަށް ފަށާފައިވާއިރު އާސީޒަނަށް ތައްޔާރުވުމުގައި ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ ރަމަޟާން މަހުގެ ތެރެއަށް ޕްރީ ސީޒަން ވަނުން ކަމަށް މޯހަން ފާހަގަކުރި. ކްލަބް އީގަލްސްގެ ކޯޗު މޯހަން ބުނީ މިއީ ހަމަ އެކަނި ކްލަބް އީގަލްސްއަށް ދިމާވާނެ ކަމެއް ނޫން ކަމަށާއި ހުރިހާ ޓީމަކަށްވެސް ޕްރީ ސީޒަން ރަމަޟާން މަހުގެ ތެރެއަށް ވަދުމުން ވަރަށް ބޮޑެތި ދަތިތަކަކާ ކުރިމަތި ލާން ޖެހޭނެ ކަމަށެވެ. މޯހަން އިތުރަށް ބުނީ މިފަހަރުވެސް ކްލަބް އީގަލްސް ޓީމުގައި ހިމެނެނީ ވަރަށް ޒުވާން ކުޅުންތެރިންތަކެއް ކަމަށާއި މުޅިން އަލަށް ފުރަތަމަ ޑިވިޝަން ކުޅޭ ކުޅުންތެރިންވެސް ޓީމުގައި ފުދޭވަރަކަށް ގިނަ ކަމަށެވެ. މިފަހަރު ޓީމުގައި ތަޖްރިބާހުރި ކުޅުންތެރިއަކު ނެތުމަކީ ޓީމަށް ލިބޭ އުނިކަމެއް ނޫން ކަމަށާއި މިހާރު ޓީމުގައި ތިބި ސީނިއާރ ކުޅުންތެރިންނަކީ އުމުރުން ދޮށި ކުޅުންތެރިން ކަމުގައި ނުވީނަމަވެސް ފުރަތަމަ ޑިވިޝަންގައި ގިނަދުވަސްތަކެއް ކުޅެފައިވާ ތަޖްރިބާ ހުރި ކުޅުންތެރިންތަކެއް ކަން ޝިޔާޒް ފާހަގަކުރިއެވެ.
ކްލަބް އީގަލްސްއަށް މިދިޔަ ސީޒަންގައިވެސް ކުޅުނު ސްރީ ލަންކާގެ ޤައުމީ ގޯލް ކީޕަރު ސުޖަން ޕެރޭރަރ މިފަހަރުވެސް ޓީމާ ގުޅޭނެ ކަމަށް އީގަލްސް އިން ވަނީ ބުނެފައިއެވެ. އަދި މީގެއިތުރުން ބިދޭސީ އިތުރު ކުޅުންތެރިންތަކެއް ގެނައުމަށް މަސައްކަތް ކުރަމުންދާ ކަމަށާއި، ގެންނާނި އެންމެ ކުޅުނެތިއެއްތޯ ނުވަތަ ދެ ކުޅުންތެރިންތޯ އަދި ފައިނަލް ނުކުރާ ކަމަށްވެސް ކްލަބް އީގަލްސްއިން މައުލޫމާތުދިނެވެ.