ކުޅިވަރު

"މޫދު ކުޅިވަރު ޢީދު" ރައީސް އިފްތިތާހް ކޮށްދެއްވައިފި


ދިވެހިރާއްޖޭގެ
މިނިވަންކަމަށް 50 އަހަރަށް ފުރުމުގެ މުނާސަބަތުގައި
ކުރިޔަށްގެންދާ މޫދުކުޅިވަރުގެ ހަރަކާތްތައް ރަސްމީކޮށް ރައީސުލްޖުމްހޫރިއްޔާ މިރޭ
ފައްޓަވާދެއްވައިފިއެވެ.



މިހަރަކާތްތައް
ރަސްމީކޮށް ފެށުމަށްޓަކައި މިރޭ 1 ނަން ބަރު ފާލަން ކައިރީގައިވަނީ ޚާއްސަ
ރަސްމިއްޔާތެއް ބާއްވާފައެވެ. މިރަސްމިއްޔާތުގައި ހޯމް މިނިސްޓަރ އުމަރު ނަސީރު
ވަނީ ވާހަކަފުޅުދައްކަވާފައި. މީގެއިތުރުން މިރޭގެ ރަސްމިއްޔާތުގައި އެކިއެކި
މިޔުޒިކް ގްރޫޕްތަކުންވަނީ ލަވަ ހުށަހަޅާދީފައިވެއެވެ.



ރާއްޖޭގެ
މިނިވަންކަމަށް 50 އަހަރު ފުރުމާއި ގުޅުވައިގެން އެކިއެކި ހަރަކާތްތައްދަނީ
ހިންގަމުންނެވެ. އެގޮތުން "މޫދު ކުޅިވަރު ޢީދު" ގެ ނަމުގައި ހުކުރު –
ހޮނިހިރު މި ދެދުވަހު ހަރަކާތްތަކެއް ކުރިޔަށްގެންދިޔުމަށް ވަނީ ހަމަޖެހިފައެވެ. މި
ހަރަކާތްތަކުގައި ހުކުރު ދުވަހު ހެނދުނު ކުރިއަށް ގެންގޮސްފައިވަނީ ފެތުމުގެ
މުބާރާތާއި، ބޮއްކުރާ ރޭހާއި، ކަޓަމަރާން ދުއްވުމާއި ފްލައިބޯޑުގެ ކުޅިވަރުތަކެވެ.
އިއްޔެ ހެނދުނު
ކުރިއަށްދިޔަ ހަރަކާތްތަކުގެ ތެރޭގައި ހިމެނޭ ކެޓަމަރާން ދުއްވުމުގެ މުބާރާތް ރަސްމީކޮށް
ފައްޓަވައި ދެއްވީ ހޯމް މިނިސްޓަރ އުމަރު ނަސީރުއެވެ.