އެތްލެޓިކޯ މެޑްރިޑުގެ ފޯވަޑް އެންޓޮއިން ގްރިއެޒްމަން އަންނަ ސީޒަނުގައި ކުޅޭނީ ވާދަވެރި ބާސެލޯނާ އަށް ކަމަށް އޭނާގެ ކުލަބުން ބުނެފިއެވެ.
އެތްލެޓިކޯގެ ރައީސް ވިދާޅުވީ ގްރިއެޒްމަން މިދިޔަ މާޗު މަހު ބާސެލޯނާ އަށް ކުޅެން ނިންމައި އެކުލަބާއެކު އެއްބަސްވުތައް ހެދިކަން އެނގިފައިވާ ކަމަށެވެ.
އެއިރު އޭނާ ހުރީ އެތްލެޓިކޯގެ ހަތަރު އަހަރުގެ ކޮންޓްރެކްޓެއްގައި ކަމަށެވެ. މި މައްސަލާގައި ބާސެލޯނާއާ ދެކޮޅަށް ފީފާގައި މައްސަލަ ޖައްސަން ނިންމީ ވެސް ކޮންޓްރެކްޓްގައި ހުރި ކުޅުންތެރިއަކާ ކުލަބަށް ނޭގި ވާހަކަ ދެއްކުމުން ކަމަށެވެ.
ބާސެލޯނާއި އާއި ގްރިއެޒްމަން ވެސް މިކަމާ ބެހޭ ގޮތުން އަދި ވަކިއެއްޗެއް ނުބުނެއެވެ. ފްރާންސްގެ ފޯވަޑް ބުނިހާ ވެސް ވާހަކަ އަކީ އޭނާ ކުޅޭނެ ކުލަބު އޮތީ ނިންމާފައި ކަމަށާއި އެކަމަކު އެކަން ފައިނަލް ވާނީ އަންނަ ޖުލައި މަހު ކަމަށެވެ.
ގްރިއެޒްމަން އަކި ބާސެލޯނާ ވަރުގަދަ ކުރުމަށް އެކުލަބަށް ގެންދަން އެންމެ ބޮޑަށް މަސައްކަތް ކުރަމުން އަންނަ އެއް ކުޅުންތެރިޔާއެވެ.