މުނިފޫހިފިލުވުން

މެންޓަލް ކިޔާ ހޭ ގެ އާ ޕޯސްޓަރު މި އޮތީ


މަޝްހޫރު ބަތަލާ ކަންގަނާ ރަނައުޓާއި ރާޖުކުމާރު ރާއޯގެ ފިލްމް މެންޓަލް ކިޔާ ހޭ ގެ އާ ޕޯސްޓަރެއް ދައްކާލައިފިއެވެ. މީގެ ކުރިންވެސް މި ފިލްމްގެ ޕޯސްޓަރެއް ވަނީ ދައްކާލާފައެވެ.

ޢަލަށް ދައްކާލި މޯޝަން ޕޯސްޓަރުން ފެންނަނީ ކަންގަނާ ބާތު ޓަބެއްގައި ރަތްކުލައިގެ ލިޕްސްޓިކް ޖައްސާގެން ވަޅި އަކާއި ކުޅެން އިންނަ މަންޒަރެވެ. ޢަދި ފަހަތުގައި ފެންނަން ހުންނަ ޓޯސްޓަރެއްގައި އަނދާފައި އޮންނަ ޕާން ފޮތިންވެސް ފިލްމްގެ ތަފާތުކަން ފެންނަކަމަށް ބައެއް ފަރާތަކުން ބުނެއެވެ.

ކާމިޔާބު ފިލްމުތަކެއް ކުޅެމުން އަންނަ ރާޖްކުމާރު ރާއޯ ލީޑްރޯލުން ފެނިގެންދާ މި ފިލްމް މިހާރުވެސް ވަނީ ފަލަ ސުރުހީތަކުން ޖާގަ ހޯދާފައެވެ. ޙާއްސަކޮށް ފިލްމްގެ ފުރަތަމަ ޕޯސްޓަރާއި ފިލްމް ނެރޭނެ ތާރީހަކާއި ގުޅިގެން ގިނަ ވާހަތަކެއް ވަނީ ފެތުރިފައެވެ.

ކަންގަނާ އެންމެ ފަހު ކުޅުނު ފިލްމް މަނިކަރްނިކާ އަށް ބޮކްސް އޮފީހުގައި މާބޮޑެތި ކާމީޔަބީއެއް ލިބިފައެއް ނުވެއެވެ ރާޖްކުމާރު ރާއޯ މިދިޔަ އަހަރު ކުޅުނު ގިނަ ފިލްމަތައް ވަނީ ކާމީޔާބުވެފައެވެ.