ޝާހިދު ކަޕޫރް ލީޑްރޯލުން ފެނިގެންދާ ފިލްމް ކަބީރު ސިންގް ލީކުކޮށްލައިފިއެވެ.
ބޮކްސް އޮފީހުގައި ކާމިޔާބުތަކެއް ހޯދަމުން އަންނަ ކާބީރު ސިންގް ލީކުކޮށްލާފައި މިވަނީ ފިލްމް ރިލީޒްކުރިތާ ދެ ދުވަސްވެސް ނުވަނީސް އެވެ. މީޑިއާ ރިޕޯޓްތައް ބުނާގޮތުން ފިލްމް ލީކުކޮށްލައިފައިވަނީ ޓެމިލްރޮކާސް ކިޔާ ވެބްސައިޓެއްގައެވެ. މި ވެބްސައިޓްގައި ވަނީ މުޅި ފިލްމް އެއްކޮށް ހިމަނާފައެވެ.
ތަމަޅަ ފިލްމް އަރުޖުން ރެއްޑީގެ ހިންދީ ރީމޭކް ކަބީރު ސިންގްގެ ލީޑްރޯލުން ޝާހިދު ކަޕޫރާއި އެކު ފެނިގެންދަނީ ކިއާރާ އަދްވާނީއެވެ. މީގެ އިތުރުން ސުރޭޝް އޮބްރޯއީއާއި ނިކީތާ ދައްތާވެސް މި ފިލުމުގެ މުހިއްމު ރޯލްތަކުން ފެނިގެންދެއެވެ. ކަބީރު ސިންގަށް ގިނަ ބަޔަކު އަންނަނީ ތައުރީފު ކުރަމުންނެވެ.