ކުޅިވަރު

ޝަމީ ހެދި ހެޓްރިކުން އިންޑިއާ ސަލާމަތްވެއްޖެ


މެޗުގެ އެންމެ ފަހު އޯވަރުގައި އިންޑިއާގެ ޝަމީ ޖެހިޖެހިގެން ތިން ވިކެޓް ނަގައި ހެދި ހެޓްރިކުން އިންޑިއާ އަފްގާނިސްތާންގެ މައްޗަށް ކުރި ހޯދައިފި އެވެ.

އައި.ސީ.ސީ ކްރިކެޓް ވޯލްޑް ކަޕްގައި އެންމެ ވަރުގަދަ އެއްޓީމާއި ދެކޮޅަށް ކުޅުނު މެޗުގައި އަފްގާނިސްތާން ވަނީ މޮޅު ކުޅުމެއްދައްކާ މެޗުގެ އެންމެ ފަހު ވަގުތާ ހަމައަށްވެސް އިންޑިއާ ބިރުވެރިކަމެއްގެ ތެރޭ ހިފަހައްޓާލާފަ އެވެ.

މެޗުގެ އެންމެ ފަހު ހަތަރު ބޯޅަ އާއި ހިސާބަށް ދިޔަ އިރު އަފްގާނިސްތާން މެޗުން މޮޅުވަން ބޭނުންވަނީ ބާރަ ލަނޑެ އެވެ. އެހެންނަމަވެސް ފުރަތަމަ ތިން ބޯޅައިގައިވެސް އިންޑިއާގެ މުހައްމަދު ޝާމި ވަނީ ތިން ކުޅުންތެރިން ނުބައިކޮށްފަ އެވެ. މިމެޗު އިންޑިއާ ކާމިޔާބުކުރީ އެގާރަ ލަނޑުން ނެވެ.

އިންޑިއާ ވަނީ މިމުބާރާތުގެ މިހާތަނަށް ކުޅުނު ފަސް މެޗުގެ ތެރެއިން ހަތަރު މެޗު ކާމިޔާބުކޮށްފަ އެވެ. އަދި އަނެއް މެޗުންވެސް އެޓީމް ބަލިވެފައެއް ނުވެ އެވެ. ވާރޭވެހުމުގެ ސަބަބުން އެ މެޗު ނުކުޅެ ނިންމާލީ ކޮންމެ ޓީމަކަށް ޕޮއިންޓެއް ދިނުމަށްފަހު އެވެ.