ޚަބަރު

އައްޑޫ ސިޓީގައި ހުރި އާސާރީ ތަންތަނުގެ މައުލޫމާތު ހެރިޓޭޖް ޑިޕާޓްމެންޓުން އެއްކުރަނީ


އައްޑޫގައި ހުރި އަސާރީ ތަންތަނުގެ މައުލޫމާތު އެއްކުރުމުގެ މަސައްކަތް ހެރިޓޭޖް ޑިޕާޓްމެންޓުން ފަށައިފިއެވެ.

ޑިޕާޓްމަންޓް އޮފް ހެރިޓޭޖާއި އޮކްސްފޯޑް ސެންޓަރ ފޮރ އިސްލާމިކް ސްޓްޑީޒް ގުޅިގެން ކުރިއަށް ގެންދާ މިމަސައްކަތަކީ ދިވެހިރާއްޖޭގެ އާސާރީ ތަންތަން ބަލައި ނެތިގެން ދިއުމުގެ ބިރުހީވާ ތަންތަނުގެ މައުލޫމާތު އެއްކޮށް، ކިތާބުކޮށް އާންމުނަށް ފަސޭހައިން ފެންނާނެ ފަދަ ގޮތަކަށް ޒަމާނީ އޮންލައިން ޑާޓާބޭސް އެއް ޤާއިމު ކުރުމަށް ކުރާ މަސައްކަތުގެ ތެރެއިން ކުރިއަށް ގެންދާ މަޝްރޫއެކެވެ.

މިދިޔަ އަހަރު ފެށި މިމަޝްރޫއުގެ ދަށުން މިހާތަނަށް ފުވައްމުލަކުގެ އާސާރީ ތަންތަން ބަލައި ސާވޭ ކޮއްފައިވާއިރު، އައްޑޫސިޓީ އަށް ފަހު ހއ. ހ.ދ ގެ ސާވޭ ކުރިށް ގެންދަނޭ ކަމަށް އެފާރާތުން މައުލޫމާތު ދެއެވެ. އޭގެ ފަހުން ހުވަދު އަތޮޅުގެ ރަށްތަކުން ސާވޭ ވެސް ކުރިއަށް ގެންދިިއުމަށް ވަނީ ރޭވިފައެވެ.

މިސާވޭ ކުރުމަށް އައްޑޫ އަށް އައިސް މަސައްކަތް ފަށާފައިވާއިރު އެފަރާތްތަކުން ވަނީ އައްޑޫސިޓީ ކައުންސިލާއި ބައްދަލު ކޮށްފައެވެ. މިބައްދަލުވުމުގައި އެބޭފުޅުންގެ މަސައްކަތާއި ގުޅޭ މައުލޫމާތު ސިޓީ ކައުންސިލާއި ވަނީ ހިއްސާ ކޮއްފައެވެ.