ނޭޕާލަށް މިއަދު އައި ބިންހެލުމާއި ގުޅިގެން އެޤައުމުގައި ތިބި ދިވެހިންގެ ހާލު ބަލަމުންދާކަމަށް ފޮރިން މިނިސްޓްރީން ބުނެފިއެވެ.ފޮރިން މިނިސްޓްރީން ބުނީ ނޭޕާލްގައި ތިބި ފަސްދޮޅަސްހަތް ދިވެހިންގެ ހާލަތު މޮނިޓަރކޮށް ވަރަކަށް ކައިރިން ބަލަމުންދާކަމަށެވެ.ނޭޕާލާށް މިއަދު ރެކްޓަރ މިންގަޑުން ހަތެއް ޕޮއިންޓް ހަތަރެއްގެ ބާރު މިނުގެ އައި ބިންހެލުމާއި ގުޅިގެން ސާޅީހަށްވުރެން ގިނަ މީހުން މަރުވެފައިވާކަމަށް ޚަބަރުތައް ބުނެއެވެ.ޔޫ.އެސް ޖިއޮލޮޖިކަލް ސާވޭ އިން ބުނާ ގޮތުގައި ބިންހެލުން އައިސްފައިވަނީ ނޭޕާލާއި ޗައިނާ ގުޅޭ ޞަރަހައްދީ އިން ކައިރީ އަވަށަކަށެވެ.މިއަދުގެ ބިންހެލުމުގައިވެސް ބައެއް އިމާރާތްތައް ވެއްޓި ބިންގަޑު ކަނޑައިގެން ދިއުމުގެ ޙާދިސާތައް ހިނގާފައިވާކަމަށް ޚަބަރު ލިބެއެވެ.