މުނިފޫހިފިލުވުން

އަމީތާބުގެ ރޯލުން މި ފަހަރުވެސް ރިތިކް ބާ

1982 ވަނަ ނުކުތް އާމީތާބު ބަޗަންގެ ކާމިޔާބު ފިލްމް " ސައްތޭޕޭ ސައްތާ" ގެ ރީމޭކުން އަމީތާނުގެ ރޯލުން ރިތިކް ފެނިދާނެކަމުގެ އަޑުތައް ގަދަވާން ފަށައިފިެވެ.

އަމިތާބާއި ހެމާ މާލިނީ ފެނިގެންދިޔަ ކާމިޔާބު ފިލްމް "ސައްތޭ ޕޭ ސައްތާ" ގެ ރީމޭކުގައި ހެމާގެ ރޯލުން ފެނިގެންދާނީ ދިިޕިކާކަމަށް ރިޕޯޓްތައް ބުނެއެވެ.

މި ފިލްމްގެ ލީޑް ރޯލުން ރިތިކް ފެނިގެން ގޮސްފިނަމަ އެނާ ވަނީ ފިލްމެއްގެ ރީމޭކުގައި އަމިތާބުގެ ރޯލުން ފެނިގެންދާނެ ދެވަނަ ފަހަރަށެވެ. މީގެ ކުރިން ރތިކްވަނީ އަމީތާބުގެ ކާމިޔާބު ފިލްމްތަކުގެ ލިސްޓްގައި ހިމެނޭ " އަގްނީޕަތް" ގައިވެސް އަމިތާބުގެ ބައި އަދާކޮށްފައެވެ.

އަމީތާބު ޑަބަލް ރޯލުން ފެނިގެންދިޔަ "ސައްތޭޕޭ ސައްތާ" ގެ ރީމެކުން ރިތިކް ފެނިދާނެކަމުގެ ވާހަކަތައް ދެކެވެނު ނަމަވެސް އެނާ އެކަމެއް ޔަޤީންކޮށް ނުދެއެވެ. މިވާހަކަތަކާއި ގުޅިގެން ރިތިކް ބުނެފައިވަނީ އެނާ ދެން ކުޅޭނެ ފިލްމެއްގެ ވާހަކަ އޭނާ ނުބުނަނީސް ދެއްކުން ރަގަޅު ނޫންކަމަށެވެ.

އިންޑިޔާގެ ރިޕޯޓްތައް ބުނާ ގޮތުން " ސައްތޭޕޭ ސައްތާ" ރީމޭކް ޕްރޮޑިއުސްކުރަނީ ރޯހިތް ޝެޓީއެވެ. ފިލްމް ޑައިރެކްޓް ކުރަނީ ފަރާ ހާންއެވެ.

1982 ވަނަ ނުކުތް ކާމިޔާބު ފިލްމް " ސައްތޭޕޭ ސައްތާ" ގެ ލީޑް އެކްޓަރު އަދި ވިލިއަން ރޯލުންވެސް ފެނިގެން ގޮސްފައިވަނީ އަމީތާބު ބަޗަންއެވެ. ހަތް ބެއިންގެ ވާހަކަތަކެއް ގެނެސްދޭ މި ފިލްމް ހިމެނިފައިވަނީ 1982 ވަނަ ބޮކްސް އޮފީހުގެ ކާމީޔާބީގެ ލިސްޓްގެ 7 ވަނަގައެވެ.

" ސައްތޭޕޭ ސައްތާ"ގެ ރީމޭކުން ރިތިކް ފެންނާނެ ވާހަކަތައް ގަދަވެފައިވާއިރު ރިތިކް ދަނީ އޭނާގެ އެންމެ ފަހުގެ ފިލްމް " ސުޕަރ 30 " ފްރޮމޯޓް ކުރުމުގެ މަސައްކަތް ކުރަމުންނެވެ. މި ފިލްމް ސިނަމާތަކަށް އައިސްފައިވަނީ މިދިޔަ ހުކުރު ދުވަހުއެވެ.

1982ގައި ނުކުތް " ސައްތޭޕޭ ސައްތާ" ގެ އެންމެ މަޝްހޫރުވި އެއް ލަވަ