އިބްރާހިމް ނާސިރު އިންޓަރނޭޝަނަލް އެއަރޕޯޓްގައި ހުރި ކޮންމެ ފިހާރައެއްގައި ދިވެހި އުފެއްދުންތަކަށް ޚާއްސަ ކައުންޓަރެއް ބަހައްޓަން ނިންމާފައިވާކަމަށް އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.ކުދި ވިޔަފާރިތައް ތަރައްގީ ކުރުމާއިބެހޭ އެންޓަރޕްރައިޒް ޑިވެލޮޕްމަންޓް އިފްތިހާހްކުރުމަށް ރޭ ހޮޓެލް ޖެންގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ސައީދު ވިދާޅުވީ، ރައީސް އަބްދުﷲ ޔާމީންގެ ވިސްނުންފުޅު ހުރީ އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓުގައި ހުރި ކޮންމެ ފިހާރައެއްގައި ދިވެހި އުފެއްދުމަށް ހާއްސަ ކައުންޓަރެއް ބަހައްޓައިގެން ދިވެހި އުފެއްދުންތަކަށް ފުރުސަތު ދިނުމަށްކަމަށެވެ. އަދި އެކަމުގެ ސަބަބުން މިހާތަނަށް ލިބިފައިނުވާ އެތަށް މާކެޓް އެކްސެސްއެއް ރާއްޖޭގެ މައި ދޮރޯށިން ލިބިގެންދާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.މީގެ އިތުރުން ރާއްޖެއިން ބޭރަށް ދަތުރުކުރާ އެއަރލައިންގައިވެސް ރާއްޖޭގެ އުފެއްދުނަތައް ބަހައްޓާނެކަމަށާއި، ނަމަވެސް ދިމާވެފައިވާ ގޮން ޖެހުމަކީ ރާއްޖޭގެ އުފެއްދުންތައް ބޭނުންވާ ވަރަށް ނުލިބުމުގެ މައްސަލަކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.މިނިސްޓަރ ވިދާޅުވި، ދިވެހި ވިޔަފާރިވެރިންގެ ޝަކުވާ އަކީ ދިވެހި އުފެންދުންތައް ދާއިމީކޮށް މާކެޓް ލިބޭނެ ކަމުގެ ޔަގީންކަން ނެތުންކަމަށާއި، އެތަކެތި އުފައްދާ މީހުންގެ ޝަކުވާ އަކީ ދާއިމީކޮށް ތަކެތި ގަންނާނެ ބައަކު ތިބެދާނެތޯކުރާ ސުވާލުކަަމަށެވެ. އެއަށް ޖަވާބު ދެއްވަމުން މިނިސްޓަރ ސައީދު ވިދާޅުވީ، ދިވެހި އުފެއްދުންތައް ހިފައިގެން އައިސް އެ އެއްޗެއް ބާޒާރަށް ނެރެދޭށޭ ބުނުމުން މިނިސްޓްރީން އެކަން ނުކޮށްދީފިނަމަ މިނިސްޓަރ އަމިއްލަފުޅަށް އޭގެ ޒިންމާ ނަންގަވާނެކަމަށެވެ.މިނިސްޓަރ ސައީދު ވިދާޅުވީ، ރާއްޖޭގައި އުފެއްދޭނެ ބާވަތްތައް ބެލުމަށްފަހު މެޝިނަރީ އެތެރެކޮށްގެން ރާއްޖޭގައި އެތަކެތި އުފެއްދުގެ މަސައްކަތްވެސް ވަރަށް އަވަހަށް ފައްޓަވާނެކަމަށެވެ.އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދު ވިދާޅުވީ، ބިނާކުރަނިވި ޚިޔާލު ތަރައްގީ ކޮށްގެން ކުރިއަށް ދިއުމުން ލިބޭ ފައިދާ ރާއްޖެއިންނާއި، މުޅި ދުނިޔެއިންވެސް ފެންނަން އެބަހުރި ކަމަށާއި، ޓޫރިޒަމް ދާއިރާގައި ތިބި ބޭފުޅުން އެ ވިޔަފާރި ފެށި ފަދައިން ދިވެހިންގެ ތެރޭގައިވެސް ބިނާ ކުރަނިވި ޚިޔާލު އުފަންކޮށް ވިޔަފާރ ފަށައިފިނަމަ މީގެ ދިހަ އަހަރު ފަހުން މިދުވަސް ފެންނާނީ ވަރަށް އުފާވެރިކޮށްކަމަށެވެ.