މުނިފޫހިފިލުވުން

"ޖަބަރިޔާ ޖޯޅީ " ސިދާތުގެ ތަފާތު ފިލްމެއް

އަންނަ އޮގަސްޓް 2ގައި ރިލީޒްކުރާ "ޖަބަރިޔާ ޖޯޅީ" އަކީ އަނެއްކާވެސް ސިދާތު މަލޯތުރާގެ ތަފާތު ކެރެކްޓާއެއް ފެނިގެންދާނެ ފިލްމެކެވެ.

ފިލްމުގެ ޓްރެއިލަރ ރިލީޒް ކޮށްފައިވާއިރު މި ފިލްމުގައި ސިދާތު ފެނިގެންދާނީ ހުޅަނގު އިންޑިއާގެ ބިހާރު ސްޓޭޓުގައި އުޅޭ ކައިވެނި ކުރާނެ ފިރިހެންނުން ކިޑްނެޕްކުރުގެ ވިޔަފާރި ކުރާ މީހެއްގެ ރޯލުންނެވެ.

މި ފިލްމުގައި ސިދާތުއާއި އޭނާގެ ޓީމުން މީހުން ކިޑްނެޕް ކުރުމަށްފަހު ކައިވެންޏަށް އެމީހުންނަށް މަޖުބޫރު ކުރުމަށް ކުރާ ކަންތައް ފެނިގެންދާނެއެވެ. އިންޑިއާގެ ކައިވެނިތަކުގައި ދަހޭޖު ނެގުމަކީ އެގައުމުގައި ބޮޑު މައްސަލައެކެވެ. ފިލްމުގައި ސިދާތު ފެނިގެންދާނީ ދަހޭޖް ނެގުމާ ދެކޮޅު މީހެއްގެ ގޮތުގައެވެ.

ފިލްމުގައި ސިދާތުއާއި އެކު ބަތަލާއެއްގެ ރޯލުން ފެނިގެންދާނީ ޕަރިނީތީ ޗޯޕްރާއެވެ. ފިލްމުގައި ޕަރިނީތީވެސް ފެނިގެންދާނީ ވަރަށް ކެރޭ ޖެހިލުންކުޑަ އަންހެން ކުއްޖެއްގެ ރޯލުންނެވެ.

ޕަރިނީތީ އާއި ސިދާތު ދިމާވެ، ދެމީހުންގެ ދެމެދުގައި ލޯބީގެ ގުޅުމެއް އުފެދުމަށް ފަހު ސިދާތު ކައިވެނި ކުރުމާ ދެކޮޅު ހެދުމުން އޭނާ ހާސިލް ކުރުމަށް ޕަރިނީތީ ކުރާ ކަންތައްތަކެއް ފެނިގެންދާނެއެވެ. މިއީ ލޯބީގެ ހެއްވާ މަޖާ ފިލްމަކަށް ވެގެން ދާނެއެވެ.

މީގެ ކުރިންވެސް ޕަރިނީތީ އާއި ސިދާތު ވަނީ އެކުގައި މަސައްކަތް ކޮށްފައެވެ. އެއީ 2014 ވަނަ އަހަރު ރިލީޒް ކުރި ފިލްމު ހަސީތޯ ޕަސީންނެވެ. ޕްރަޝާންތް ސިންހް ޑައިރެކްޓަރ ކުރާ މި ފިލްމު ޕްރޮޑިއުސްކުރަނީ އޭކްތާ ކަޕޫރުއެވެ.