ސްރީލަންކާގެ ވެރިރަށް ކޮލަމްބޯގައި މިހާރު ކުރިޔަށްދާ އިންޑިއަން އޯޝަން ހޮސްޕިޓާލިޓީ އިންވެސްޓްމަންޓް ފޯރަމް 2015 ގައި ރާއްޖެއިން މިވަނީ، ފަތުރުވެރިކަމުގެ ދާއިރާއިން ބިޔަ ޕްރޮޖެކްޓެއް ވަރަށް އަވަހަށް ފަށާނެކަން އިއުލާންކޮށްފައެވެ.މިކަމާގުޅޭގޮތުން ރާއްޖޭގެ ޓުއަރިޒަމް މިނިސްޓަރ ދެއްކެވި ވާހަކަފުޅުގައި ރާއްޖޭގައި އިންވެސްޓް ކުރާ ފަރާތްތަކަށް ރައްކާތެރި ލުއި ގޮތްތައް ހެދުމަށް ސަރުކާރުން ކުރައްވަމުންގެންދަވާ މަސައްކަތްތަކަށް އަލިއަޅުއްވާލައްވާ ފުޅާ ދާއިރާއެއްގައި އެކަންކަން ކުރިޔަށްގެންދަވާ ކަމުގައި ވިދާޅުވިއެވެ.އިންޑިއަން އޯޝަން ސަރަހައްދުގައި ފަތުރުވެރިކަމަށް އެންެމެ ޚާއްސަ ޓޫރިސްޓް މަންޒިލްތަކުގެ ތެރޭގައި ހިމެނޭ ރާއްޖެ އާއި ސްރީލަންކާ ، މޮރިޝަސް އަދި ސީޝެލްސް އިން ބައިވެރިވެގެން ކުރިޔަށްގެންދިޔަ މި ކޮންފަރެންސް ރަސްމީކޮށް ފައްޓަވައިދެއްވީ ސްރީލަންކާގެ މިނިސްޓްރީ އޮފް ފައިނެންސް ރަވީ ކަރްނާޔަކްއާއި ރާއްޖޭގެ ޓްއަރިޒަމް މިނިސްޓަރ އަހްމަދު އަދީބެވެ.މިރަސްމިއްޔާތުގައި މިނިސްޓަރ އަދީބު ވަނީ ރާއްޖޭގައި ޓްއަރިޒަމް ދާއިރާ ފަށައިގަނެވުނުގޮތާއި، އެދާއިރާ ފުޅާ ކުރުމަސް ކުރެވެމުންދާ ތަފާތުމަސައްކަތްތަކަށް އަލިއަޅުއްވާލައްވާފައެވެ.ދުނިޔޭގެ ޓޫރިޒަމް މާކެޓުގައި ރާއްޖޭން ހޯދާފައިވާ މަގާމު ދެމެހެއްޓުމާ ގުޅޭ ގޮތުން މިނިސްޓަރ އަދީބު ދެއްކެވި ވާހަކަފުޅުގައި އެންމެ ފާހަގަކޮށްލެވޭ ކަމއެއްގެ ގޮތުގައި މިނިސްޓަރ ވަނީި، ހަތް އަހަރުތެރޭގައި ދިހަ މިލިޔަނާއި، ފަނަރަ ބިލިޔަނާ ދެމެދުގެ އަދަދަކަށް އިންވެސްޓުކުރެވޭ މުޅިރާއްޖޭގެ އިގްތިސާދަށް ބަދަލެއެް ގެނުވާނެ ޕްރޮޖެކްޓެއް ފަށަން އުޅޭކަން އިއުލާންކުރައްވާފައެވެ.މީދިއާއަށް މައުލޫމާތުދެއްވަމުން މިނިސްޓަރ ވިދާޅުވީ އެޕްރޮޖެކްޓް ރާއްޖެ ގެނައުމަށް މީގެ ހަމަސްކުރިންވެސް މަސައްކަތް ފަށާފައިވާކަމަށާއި، އެގޮތުން ގާނޫނީ ގޮތުން ގެންނަން ޖެހޭ ބަދަލުތަކާއި، އެއިންވެސްޓް މެންޓާއި ގުޅޭ ކުރެހުންތަކާއި، އެހެނިހެންކަންކަން މިހާރު ތައްޔާރުވެފައިވާކަމަށެވެ.މިނިސްޓަރ ވިދާޅުވީ، އެޕްރޮޖެކްޓް މި ކޮންފަރެންސްގައި އިއުލާންކުރީ އިންވެސްޓަރުން އެކަމަށް ޝައުގުވެރިކުރުވުމަށްކަމަށެވެ.މިކޮންފަރެންސްގައި ރާއްޖެއިން ފަތުރުވެރިކަމުގެ ދާއިރާގެ އިންވެސްޓަރުން ހޯދައި އެފަރާތްތަކަށް ފަހި ފުރުސަތު ހޯދައިދެއްވުމަށް ކުރާ މަސައްކަތްތަށް ފާހަގަކުރަމުންދާއިރު ކޮންފަރަރެންސްގެ ސަބަބުން ރާއްޖެއަސްވެސް ފައިދާތަކެއްވެގެންދާނެކަން ޓްއަރިޒަމް މިނިސްޓަރ އަދީބް ވަނީ ފާހަނގަކުރައްވާފައެވެ.ރާއްޖެހިމެނޭ މިސަރަހައްދުގެ ނުވަގައުމަކުން ބައިވެރިވެގެން ކޮލަމްބޯގެ ގޯލް ފޭސް ހޮޓެލްގައި ކުރިޔަށްދާ މި ކޮންފަރެންސް ނިމޭނީ ނިމޭނީ މިއަދުއެވެ.ދުނިޔޭގެ ބޮޑެތި ހޮސްޕިޓެލިޓީ ކުންފުނިތަކުގެ އިސް ބޭފުޅުންނާއި، އިންވެސްޓްމަންޓް ބޭންކުތަކުން ބައިވެރިވާމި ސެމިނާގައި ރާއްޖޭގައި ރިޒޯތްތަށް ހިންގާ ފަރާތްތަކުންވެސް ބައިވެރިވެއެވެ.