އިނގިރޭސި ކޮމިއުނިޓީ ޝީލްޑަކީ ވަރަށް މުހިންމު މެޗެއް ކަމަށާއި ކުޅުންތެރިންގެ މޯޓިޥޭޝަން ރަނގަޅު ކުރުމަށް އެއީ މުހިންމު ތައްޓެއް ކަމަށް ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް ބުނެފި އެވެ.
އޭނާ މިހެން ބުނީ މިދިޔަ ސީޒަނުގެ ޗެމްއަން މެންޗެސްޓާ ސިޓިއާ ދެކޮޅަށް ކޮމިއުނިޓީ ޝީލްޑް މެޗުގައި ކުޅެންއ ޖެހިފައިވަނިކޮށެވެ.
ކްލޮޕް ބުނީ ސީޒަން ހުޅުވާ މެޗަކީ މުހިންމު މެޗެއް ކަމަށާއި އަމުދުން ތައްޓެއް ލިބެން އޮންނަ މެޗަކުން އެއްވެސް ބަޔަކު ބަލިވާން ބޭނުންނުވާނެ ކަމަށެވެ.
އަދި އޭނާގެ ޓީމުގެ މުހިންމު ބައެއް ކުޅުންތެރިން ކިތަންމެ ފަހުން ޕްރެކްޓިހާ ގުޅުނު ނަމަވެސް މި މެޗަށް އެ ކުޅުންތެރިންގެ ބޭނުން ހިފާނެ ކަމަށެވެ.
މި މެޗަށް ނުކުންނައިރު ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ވެސް ވަނީ ޓީމުގެ ސީނިއާ ބައެއް ކުޅުންތެރިން ނެގި ސީޒަނަށް ތައްޔާރުވާން ގިނަ ދުވަސްތަކެއް ހޭދަކުރަން ޖެހުމުން ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ.
މި ދެ ޓީމުގެ ސީނިއާ ކުޅުންތެރިން ޕްރެކްޓިހާ ފަހުން ގުޅުނީ އެފްރިކަން ނޭޝަނސް ކަޕާއި ކޮޕާ އެމެރިކާ ފުޓްބޯޅަ މުބާރާތުގައި ގައުމީ ޓީމަށް ކުޅެން ޖެހުމުންނެވެ.