ކުޅިވަރު

ސްޕެނިޝް ލީގު ހުކުރު ދުވަހު ފަށަން ކޯޓުން ހުއްދަދީފި


ސްޕެނިޝް ލީގު އަންނަ ހުކުރު ދުވަހު ފަށަން ކޯޓުން ހުއްދަ ދީފި އެވެ.

ލީގު ފަށާނެ ދުވަހެއް ނިންމަން ކޯޓަށް ދާން ޖެހުނީ ހުކުރު ދުވަހާއި ހޯމަ ދުވަހު މެޗުތައް ނުކުޅެން ސްޕެނިޝް ލީގުން ބޭނުންވުމުންނެވެ. އެއީ އެ ދެދުވަހު މެޗުތައް ބަލަން ދަނޑަށް ދިއުމަށް ސަޕޯޓަރުންނަށް އުނދަގޫވާ ކަމަށް ބުނެ އެވެ. ނަމަވެސް މިއީ ލީގު ހިންގާ އީޕީއެލްއިން ބޭނުންވާ ގޮތެއްނޫނެވެ.

މި މައްސަލާގައި ކޯޓުން ނިންމާފައިވަނީ ހުކުރު ދުވަހު މެޗުތައް ކުޅެން ހުއްދަ ދިނުމަށެވެ. ނަމަވެސް ހޯމަ ދުވަހު މެޗު ކުޅެން ކޯޓުން ވަނީ ހުއްދަ ނުދީފަ އެވެ.

ހުކުރު ދުވަހު ލީގު ފަށާނީ އެންމެ ފަހުގެ ޗެމްޕިއަން ބާސެލޯނާ އާއި އެތްލެޓިކް ބިލްބާއޯގެ މެޗުންނެވެ.

އާ ސީޒަނަށް ސްޕޭނުގެ ކުލަބުތަކުގެ ތެރެއިން އެންމެ ބޮޑަށް ތައްޔާރުވެފައިވަނީ ބާސެލޯނާ އާއި ރެއާލް މެޑްރިޑެވެ. މި ދެ ކުލަބަކީ އެންމެ ވާދަވެރި ދެ ކުލަބެވެ.