ވިޔަފާރި

ސެމްސަންގެ އެސް ސިކްސް ސީރީސްގެ ފހި އަދި ނޫ ރާއްޖޭގެ ބާޒާރަށް


ސެމްސަންގް އެސް ސިކްސް ސީރީސްގެ
ފެހި ކުލައާއި ނޫ ކުލައިގެ ފޯންތައް ރާއްޖޭގެ ބާޒާރަށް ނެރެފިއެވެ.



ރާއްޖޭގެ ސެމްސަންގްގެ އޮތޮރައިޒްޑް
ޕާޓްނާރ، ހައިކް މޯލްޑިވްސް ޕްރައިވެޓް ލިމިޓްޑްގެ މެނޭޖިންގ ޑިރެކްޓަރ ހަސަން
ރިޝީފް ވިދާޅުވީ ސެމްސަންގުން އެންމެ ފަހުން ބާޒާރަށް ނެރެފައިވާ ސެމްސަންގް އެސް
ސިކްސް އެމެރަލްޑް ގްރީން އާއި ސަފައަރ ބުލޫ ފޯންތައް މިހާރު ރާއްޖޭގެ ސޭމްސަންގް
ޝޯ ރޫމް ފިހާރައިން ލިބެން ހުންނާނެ ކަމަށާއި މިއަދާއި މާދަމާ އެ ފޯން ގަންނަ
ފަރާތްތަކަށް ސެމްސަންގް ވަޔަލަސް ޗަރޖަރެއް ލިބޭނެ ކަމަށެވެ.



މި ދެ ކުލައިގެ ފޯންތައް ލިބެން ހުންނަނީ
ދުނިޔޭގެ ވަރަށް މަދު ގައުމުތަކެއްގައި ކަމަށާއި ރާއްޖޭގެ ބާޒާރުން މި ކުލައިގެ
ފޯންތައް ލިބެން ހުރުމަކީ ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށް ހައިކް މޯލްޑިވްސް އިން
ފާހަގަކުރެއެވެ.