ޚަބަރު

ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ މަގާމު ފަސް ފަހަރު ހޯދުމަކީ އިއްތިފާގެއް ނޫން - ރޮނާލްޑޯ


ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ މަގާމު ފަސް ފަހަރު ހޯދުމަކީ އިއްތިފާގެއް ނޫންކަމަށް ރޮނާލްޑޯ ބުނެފިއެވެ.

ޔުވެންޓަސްގެ ފޯވަޑް އަދި ފޯޗުގަލްގެ ކެޕްޓަން ބުނީ މެސީ ފަސް ފަހަރު އަދި އޭނާ ފަސް ފަހަރު އެވޯޑް ހޯދީ ވަރަށް ބުރަ މަސައްކަތުން ކަމަށެވެ. އެއީ ކޮންމެ މީހަކަށް ވާނެ ކަމެއް ނޫންކަމަށާއި ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ ގޮތުގައި ދެމިހުރުމަކީ ވަރަށް ބުރަ މަސައްކަތެއް ކަމަށެވެ. ރޮނާލްޑޯ ބުނީ ކުޅުންތެރިންގެ އަގުތައް މިހާރު ހުރީ ފެންވަރަށްވުރެ މަތީގައިކަމަށެވެ. އަދި ޓްރާންސްފަރ މާކެޓުގައި މިހާރު ކުޅުންތެރިންގެ އަގު އުފެލެމުންދަނީ ކުޅުންތެރިންގެ ފެންވަރަށް އެންމެ ރަނގަޅަށް ބަލައިގެން ނޫންކަމަށްވެސް ރޮނާލްޑޯ ފާހަގަކުރިއެވެ.

ރޮނާލްޑޯ ބުނީ މިހާރު ކޮންމެ ކުޅުންތެރިއަކަށްވެސް ސަތޭކަ މިލިއަން ޔޫރޯއާއި ގާތްކުރާ އަގެއް ލިބޭ ކަމަށާއި ކުޅުންތެރިންގެ މަސައްކަތާއި ފެންވަރަށް ބަލާއިރު އަގުތަށް މަތިކަމަށެވެ.