ޚަބަރު

"ވިޔަ" މޮޑެލްއާ ގުޅޭ ވޯކްޝޮޕްއެއް ފަށައިފި


ލޯކަލް ކައުންސިލްތަކުން އޮންލައިންކޮށް ލިޔެކިޔުންތައް ބަލަހައްޓާ "ވިޔަ"މޮޑެލް ބޭނުން ކުރާނެ ގޮތް ދަސްކޮށްދިނުމަށް ޚާއްސަ މަސައްކަތު ބައްދަވުމެއް ފަށައިފިއެވެ.

ލޯކަލް ގަވަރުމަންޓް އޮތޯރިޓީން ކުރިއަށް ގެންދާ މި މަސައްކަތު ބައްދަލުވުގެ ފުރަތަމަ ބުރު ކުރިއަށް ގެންދިއުމަށް ހަމަ ޖެހިފައިވަނީ 5 ދުވަހުގެ މުއްދަށެވެ. މި މަސައްކަތު ބައްދަލުވުން ފެށުމަށް ސްޓެލްކޯ ކޮންފަރެންސް ހޯލްގައި ބޭއްވި ރަސްމިޔާތުގައި އެލްޖޯއޭގެ ޑިރެކްޓަރ ޖެނަރަލް އާދަމް ޝަރީފު ވިދާޅުވީ "ވިޔަ" މޮޑެލް ބޭނުން ކުރަމުން ފެށުމުން މީގެކުރިން ކަރުދާހުގައި ލިޔެގެން ބަލަހައްޓަމުންދިޔަ ހިސާބުކިތާބާއި ގޯތި ގެދޮރާއި އާބާދީ ރަޖިސްޓްރީ ކުރުމާ ބެހޭ ލިޔުންތައް ބަލަހައްޓަމުން ދާނީ އޮންލައިކޮން ކަމަށެވެ.

"މި ނިޒާމް ބޭނުންކޮށްގެން ދައުލަތުގެ މުވައްސަސާތަކަށް، ރަށް ރަށުގެ މާލީ ކަންކަން ހުންނަ ގޮތް ލައިވްކޮށް ފެނިވަޑައިގަންނަވާނެ. ބޭނުންފުޅުވާ ރިޕޯޓެއް މިނިސްޓްރީ އޮފް ފިނޭސް އަށް އަދި އެހެން ވެސް ވުޒާރާތަކަށް ޔޫސަރ ރައިޒް އަޅުގަނޑުމެން ދިނުމުން އެ ސިސްޓަމްގެ ތެރެއިން ބަލާ ލެވޭނެ،" އޭނާ ވިދާޅުވި އެވެ.

"ވިޔަ" މޮޑެލް މެދުވެރިކޮށް ލިޔެކިޔުންތައް ބެލެހެއްޓެން ފެށުމުން ކައުންސިލްތަކުން ދޭ ޚިދުމްތަކަށް އޮންލައިންކޮށް އެދެވޭނެ ނިޒާމެއް ތައާރަފުކުރެވިގެން ދާނެކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑުމެން ދެކެން ބޭނުންވާ ދުވަހަކީ ރައްޔިތު މީހާއަށް ބޭނުންވާ ހިދުމަތްތައް ކައުންސިލް އިދާރާއަށް ނުގޮސް ގޭގައި ހުރެގެން ހުރި ކޮންމެ ތާކުން އެ ރައްޔިތުން މީހާއަށް ދެވޭނެ ގޮތައް ކައުންސިލްތަކުގެ މަސައްކަތްތައް ބައްޓަން ކުރުން،" އޭނާ ވިދާޅުވިއެވެ.

އޭގެ އިތުރުން ޕޮޕިއުލޭޝަން މޮޑިއުލް ވެސް މިހާރު ވަނި ކައުންސިލްތަކުން ބޭނުން ކުރުމަށް ތައްޔާރުވެ، ތަންފީޒީ މަރުހަލާގައިކަމަށް އޭނާ ވިދާޅުވިއެވެ. އެމޮޑިއުލް ތަޢާރަފު ވުމުން ރާއްޖޭގެ އާބާދީ ވަގުތުން ބަލަމުން ދެވޭނެ ކަމަށް އޭނާ ފާހަގަ ކުރެއްވި އެވެ.

މި ރަސްމިޔާތުގައި ފިނޭސް މިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަހްމަދު ޝަރީފު ވިދާޅުވީ މި ނިޒާމްގެ ސަބަބުން މުޅިދައުލަތުގެ ފައިސާގެ ހިސާބުތައް ގެންގުޅުން ހަރުދަނާ ވެގެން ދާނެ ކަމަށެވެ. އެގޮތުން އަހަރީ މާލި ރިޕޯޓް ފިނޭސް މިނިސްޓްރީއަށް ހުށައެޅުމަށް ފަސޭހަ ވެގެން ދާނެ ކަަމަށް ފާހަގަ ކުރެއްވިއެވެ. ހަމަ އެހެންމެ ރަށްރަށަށް މާލީ މިނިވަންކަން ދޭން ފަށާއިރު މި ފަދަ ސިސްޓަމެއް މެދުވެރިކޮށް ލިޔެކިއުންތައް ބެލެހެއްޓުން ވެގެންދާނީ ވަރަށް ބޮޑު ފަސޭހައަކަށް ކަން ފާހަގަ ކުރެއްވި އެެވެ.

މި ރަސްމިޔާތުގައި ފިނޭސް މިނިސްޓްރީގެ ފައިނޭސް ކޮންޓްރޯލަރ ފާތުމަތު ރަޒިނާ ވެސް ވަނީ މިހާރު އޮތް ނިޒާމްގެ ތެރެއިން ރަށްރަށުގެ ކައުންސިލްތަކަށް ހިސާބުކިތާބު ބެލެހެއްޓުމަށް ދަތިތަކެއް އެބަހުރި ކަން ފާހަގަ ކުރައްވާފައެވެ. އަދި މަދު މުވައްޒަފުން ކައުންސިލްތަކުގައި މަސައްކަތް ކުރަމުންދާއިރު ލިޔުންތައް އޮންލައިންކޮށް ބެލެހެއްޓޭ ނިޒާމަކީ މުހިންމު ނިޒާމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

ރާއްޖޭގެ ހުރިހާ ރަށެއްގެ ކައުންސިލްތަކުން މުވައްޒަފުންނަށް އަމާޒު ކޮށްގެން ކުރިއަށް ކުރިއަށް ބައްދަލުވުން ބާއްވަން ހަމަ ޖެހިފައިވަނީ ބައިތަކަށް ބަހާލައިގެންނެވެ.