ފޮރިންމިނިސްޓަރ ޤަޠަރަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި ރާއްޖެއާ ޤަޠަރާ ދެމެދު ވިސާގެ ކަންކަމަށް ލުއިފަސޭހަ ގޮތްތަކެއް ހޯއްދެވުމާއި އަދި ތަފާތު ދެދާއިރާއަކުން އެހީތެރިކަން ހޯއްދެވުމާމެދު މަޝްވަރާކުރައްވާނެކަމަށް ފޮރިން މިނިސްޓަރ ދުންޔާ މައުމޫން ވިދާޅުވެއްޖެއެވެ.ނޫސްވެރިންނާއި ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ދުންޔާ މައުމޫން ވިދާޅުވީ ދަތުރުފަތުރުގެ ދާއިރާގެ އިތުރުން ތައުލީމާ، އަދި ރައީސުލްޖުމްހޫރިއްޔާގެ ތަސައްވުރުގައި ހިމެނޭ ބޮޑެތި މަޝްރޫއުތަކާބެހޭގޮތުން މަޝްވަރާކުރައްވާނެކަަމަށެވެ. މީގެ ތެރޭފައި ވިސާގެ ކަންކަމަށް ލުއިފަސޭހަގޮތްތަކެއް ހޯއްދެވުމަށް ކުރެވޭ މަސައްކަތަށް ކުރިއެރުންތަކެއް ލިބިގެންދާނެކަމަށް އުންމީދު ކުރައްވާކަމަށް މިނިސްޓަރ ދުންޔާ ވިދާޅުވިއެވެ.މިނިސްޓަރ ދުންޔާ މާދަމާ ޤަޠަރަށް ފުރާވަޑައިގަތުމަށް ހަމަޖެހިފައިވާއިރު މިދަތުރުފުޅަކީ ޤަތަރުގެ ފޮރިންމިނިސްޓަރުގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ.