ޚަބަރު

ދެވަނަ ޑިވިޝަންގެ ފިރިހެން ސެމީފައިނަލަށް ޒެފްރޯލްއާއި ފުލިދޫ ދަތުރުކޮށްފި


ޤައުމީ ހޭންޑްބޯލް މުބާރާތުގެ ދެވަނަ ޑިވިޝަންގެ ފިރިހެން ސެމީ ފައިނަލަށް ޒެފްރޯލްއާއި ފުލިދޫ ދަތުރުކޮށްފިއެވެ.

ޤައުމީ ހޭންޑްބޯލް މުބާރާތުގެ ގުރޫޕް ސްޓޭޖުގެ މެޗުތައް ކުޅެ ނިފަވާއިރު މިހާރުވަނީ ދެ ޑިވިޝަނުން ވެސް ސެމީ ފައިނަލަށްދިޔަ ޓީމުތައް ކަށަވަރުވެފައެވެ. އަދި މުބާރާތުގެ ފިރިހެން ޑިވިޝަންގެ ފައިނަލުގައި އެއްކޮޅުން ލަޔަންސް ވާދަކުރާނެކަންވެސްވަނީ ކަށަވަރުވެފައެވެ. ލަޔަންސްއާ ވާދަކުރާ ޓީމެއް ކަށަވަރުވާނީ ސެމީ ފައިނަލުގައި ޒެފްރޯލްއާއި ފުލިދޫ ވާދަކުރާ މެޗަށް ފަހުއެވެ.

މުބާރާތުން ދެވަނަ ޑިވިޝަންގެ އަންހެން ހަތަރު ޓީމުވަނީ ސެމީ ފައިނަލުން ޖާގަ ހޯދާފައެވެ. ގުރޫޕް އެކެއްގެ އެއްވަނަ ޓީމުގެ ގޮތުގައި ސެމީ ފައިނަލުން ޖާގަ ހޯދީ ޒެފްރޯލެވެ. އަދި ދެވަނަ ހޯދައިގެން ސެމީ ފައިނަލަށް ދިޔަ ދެވަނަ ޓީމަކީ ކީންސެވެ. ގުރޫޕު ދެއަކުން ސެމީ ފައިނަލުން ޖާގަ ކަށަވަރު ކުރީ ޕޮލިސް ކުލަބާއި ޒެނިތެވެ. މުބާރާތުގެ ސެމީ ފައިނަލު މެޗުތައް ކުޅުމަށް ހަމަޖެހިފަވަނީ މާދަމާ ރެއެވެ.