 
										 
										 
										
			މޯލްޑިވްސް ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ އެމް.ޑަބްލިއު.އެސް.ސީއިން ލޭ ހަދިޔާކުރުމުގެ ކޭމްޕެއް ބާއްވައިފިއެވެ. 
އެ ކުންފުނީގެ ކަސްޓަމަރ ސަރވިސް އިމާތުގައި ކުރިއަށްގެންދިޔަ ލޭ ހަދިޔާކުރުމުގެ ހަަރަކާތުގައި އެމް.ޑަބްލިއު.އެސް.ސީގެ 100އަށްވުރެ ގިނަ މުއައްޒަފުން ލޭ ހަދިޔާކޮށްފައިވެއެވެ. 
އެ ކުންފުނިން ބުނެފައިވަނީ މިފަދަ ކޭމްޕެއް ކުރިއަށްގެންދިއުމުގެ އެންމެ ބޮޑު ބޭނުމަކީ ތެލަސީމިއާ ތަހަންމަލްކުރާ ފަރާތްތަކަށް ފަސޭހައިން ލޭ ލިބޭނެ މަގުފަހިކޮށްދީ، އިޖްތިމާޢީ ޚިދުމަތެއް ދިނުން ކަމަށެވެ. އަދި ލޭ ހަދިޔާކުރުމުގެ މުހިންމުކަން ކުންފުނީގެ މުއައްޒަފުންނަށް އަންގައިދީ، އެކަމަށް ހޭލުންތެރިކުރުމަކީވެސް މިފަދަ ހަރަކާތެއް ކުރިއަށްގެންދިއުމުގެ ބޭނުމެއްކަމަށް އެކުންފުނިން ބުނެއެވެ.
އެމް.ޑަބްލިއު.އެސް.ސީއިން ބުނީ މި ކޭމްޕް އެ އޮފީހުގައި ކުރިއަށްގެންދިޔައީ، ފަސޭހަ ކަމާއެކު ލޭ ހަދިޔާކުރެވޭނެ މާޙައުލެއް ޤާއިމުކޮށް، މުޢައްޒަފުންނަށް އުނދަގުލަކާއި ނުލައި ލޭ ހަދިޔާ ކުރުމުގެ ފުރުޞަތު ދިނުމަށްކަމަށެވެ.